ސަރުކާރުން ދަނީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަމުން: ސަންދާނު އަހައްމައިދީ

ގާނޫނު އަސާސީގެ ބާރު ސަރުކާރުން ކަނޑުވާލަމުން ދާތީ ގާނޫނު އަސާސީގެ ހިމާޔަތުގައި ދިވެހިން ނުކުތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް ތާއީދު ކުރައްވާ ކަމަށް އަހުމަދު އިބްރާހީމް...

15 Jan 2015 | 06:20

ގާނޫނު އަސާސީގެ ބާރު ސަރުކާރުން ކަނޑުވާލަމުން ދާތީ ގާނޫނު އަސާސީގެ ހިމާޔަތުގައި ދިވެހިން ނުކުތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް ތާއީދު ކުރައްވާ ކަމަށް އަހުމަދު އިބްރާހީމް ދީދީ(ސަންދާނު އަހައްމައިދީ) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމުގެ ވެރިކަމާއި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމުގައި ވެސް ހަރަކާތްތެރިވި އަހައްމައިދީ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ގާނޫނު އަސާސީ ދިވެހިން ހޯދާފައިވަނީ ވަރަށް ބުރަ މަސައްކަތުން ކަމަށާއި، ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް ތެދުވަން މަޖުބޫރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ނަޝީދުގެ ގޮވާލެއްވުމަށް ހުރިހާ  ސިޔާސީ ޕާޓީތަކާއި  މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރުދުން  ތާއީދުކޮށް ގާނޫނު އަސާސީގެ ހިމާޔަތުގައި ތެދުވަން ޖެހޭ ކަމަށެވެ.

އޭނާގެ ބަޔާނުގައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ ބައެއް ގާނޫނާއި ހިލާފު ކަންކަން ފާހަގަކުރައްވާފައި އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބައްލަވާތީ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހީމް މަގާމުން ވަކި ކުރީ ގާނޫނޫ ހިލާފަށް ކަމަށާއި، އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިންއާއި ފަނޑިޔާރު މުއުތަސިމް އަދުނާން މަގާމުން ވަކި ކުރީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށް ފާހަގަކޮށްފައިވެއެވެ.

އަދި ނަޢިބް ރައީސްގެ ދެކޮޅު ހެއްދުންތަކާއި އެކުވެސް ޓްރާންސްޕޯޓު ،މިނިސްޓްރީ އުވާލީ ޓޫރިޒަމް މިނިސްޓާ އަދީބާއި އެއާޕޯޓުތައް ހަވާލު ކުރަން ވެގެން ކަމަށެ އަހައްމައިދީ ވިދާޅުވި އެވެ. މީގެ އިތުރުން އަހައްމައިދީ ވަނީ ރައީސް ޔާމީންގެ މުށުތެރެއަށް ބާރުތައް ޖަމާކޮށް ގިނަ ދުވަހު ވެރިކަން ކުރެވޭގޮތަށް ގާނޫނު އަސާސީއަށް އުދުވާނީ ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް