ތިންވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގް ކޯހާއި 16 ވަނަ ކޯސްޓްގާޑް ބޭސިކް ކޯސް އިފްތިތާޙްކޮށްފި

ތިންވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގް ކޯސް 16 ވަނަ ކޯސްޓްގާޑް ބޭސިކް ކޯސް މިއަދު އިފްތިތާޙްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ އިއްޔެ އިފްތިތާޙްކުރެވުނު ކޯސްޓްގާޑް ބޭސިކް ޑައިވިންގް ކޯހަކީ ރާއްޖެއިން ބޭ...

15 Jan 2015 | 06:09

ތިންވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގް ކޯސް 16 ވަނަ ކޯސްޓްގާޑް ބޭސިކް ކޯސް މިއަދު އިފްތިތާޙްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ އިއްޔެ އިފްތިތާޙްކުރެވުނު ކޯސްޓްގާޑް ބޭސިކް ޑައިވިންގް ކޯހަކީ ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުގެ ސިފައިން ބައިވެރިކޮށްގެން އިނގިރޭސި މީޑިއަމަށް ހިންގޭ ބައިނަލް އަޤްވާމީ ކޯހެއް ކަމަށެވެ. އަދި މި ކޯހުގައި ދިވެހި ސިފައިންގެ 10 ސެއިލަރުންނާއި ސްރީލަންކާ ނޭވީގެ 2 ސެއިލަރުންނާއި އިންޑީޔާ ނޭވީގެ 1 ސެއިލަރުގެ އިތުރުން ނޭޕާލް އާރމީގެ 1 ބޭކަލަކު ބައިވެރިވެފައި ވާކަމަށެވެ.

މި ކޯހަކީ ޑައިވިންގް ދާއިރާއަށް އަލަށް ގުޅެން ބޭނުންވާ ޑައިވަރުންނަށް ކަނޑުމަތީގަ އާއި ކަނޑު އަޑީގައި ދިމާވާ ހާދިސާތަކުގައި ހަރަކާތްތެރިވުމުގެ އަސާސީ ޢިލްމާއި ހުނަރު ލިއްބައިދިނުމަށާއި ކަނޑުމަތީގައި ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުގައި ހުނަރުވެރިކަމާއި ޤާބިލްކަމާއެކު ފަސްނުޖެހި ކެރިގެން ކުރިމަތިލާންކެރޭ އަދި ހުޝިޔާރު ބަޔަކަށް ހެދުމަށްޓަކައި 3 މަސްދުވަހުގެ މުއްދަތައް ހިންގޭ ކޯހެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން އިއްޔެ އިފްތިތާޙް ކުރެވުނު 16 ވަނަ ކޯސްޓްގާޑް ބޭސިކް ކޯހަކީ ކޯސްޓްގާޑު ސެއިލަރެއްގެ ގައިގައި ހުންނަން ޖެހޭ އޮޕަރޭޝަނަލް ޢިލްމާއި ހުނަރުތައް އަސާސީ ފެންވަރަށް ލިއްބައިދިނުމާއެކު، ކަނޑުމަތީ އަސްކަރިއްޔާގެ އާދަކާދަތަކާއި އެޓިކެޓްސް އަދި މައިގަނޑު އަސާސްތައް އިސްލާމީ ރިވެތި އުސޫލުތަކާއި ރާއްޖޭގެ މާޙައުލަށް ފެތޭގޮތަށް އުނގަންނައިދީ ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮބަޔަކަށް ހެދުމުގެ މަޤްޞަދުގައި 16 ހަފްތާގެ މުއްދަތަށް ހިންގޭ ކޯހެއް ކަމަށް އެމްއެންޑިއެފުން ބުނެއެވެ.

އެ ކޯހުގައި ޖުމްލަ 29 ސިފައިން ބައިވެރިވެފައިވާއިރު މި ކޯސްތަކުގައި ކިޔަވައިދެއްވާނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމާއި ތަޖުރިބާ ޙާޞިލްކޮށްފައިވާ ކޯސްޓްގާޑުގެ މުދައްރިބުން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް