އެމްއެމްއޭ އިން އެ އިދާރާގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިއަ ޑާޓާ އާޓް ކޮމްޕެޓިޝަން އަށް ވޯޓްދޭ އާންމު ފަރާތްތަކުން ގުރުއަތުން ހޮވޭ ފަރާތަކަށް 5000ރ ގެ ކޮމަމަރޭޓިވް ނޫޓެއް ދިނުމަށް ހަމަޖެހިފައިވާ އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުގައި މި މުބާރާތުގެ އެއް މަގުސަދަކީ ތަފާސް ހިސާބު އާޓްވޯކެއް ގޮތަށް ގެނެސްދިނުމެވެ. މި މުބާރާތުގެ ސަބަބުން ތަފާސް ހިސާބު ތަފާތުގޮތަކަށް ކްރިއޭޓިވްކޮށް ގެނެސްދިނުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން ތަފާސް ހިސާބަށް އޮންނަ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރާކަމަށް އެމްއެމްއޭ އިން ބުންޏެވެ. މި މުބާރާތުގައި އެމްއެމްއޭގެ ހަ ޓީމް ބައިވެރިވެއެވެ.
މި މުބާރާތުގެ އާޓް ވޯކްތަކަށް ވޯޓް ދިނުމަށް ތިރީގައިވާ ލިންކު ބޭނުންކުރެވޭނެއެވެ. ވޯޓް ދިނުމުގެ އެންމެ ފަހު ވަގުތަކީ 15 ޑިސެމްބަރު ( މާދަމާ ) މެންދުރު 12:00 އާ ހަމައަށެވެ.
ވޯޓް ލިންކް. https://www.mma.gov.mv/rc2024/#/vote
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް