ކ. ގުރައިދޫގައި ހަތަރު މަހުގެ ތުއްތު ކުއްޖެއްގެ މަރު – ޝައްކު ވީ ޑަކުޓަރަށް

ކ. ގުރައިދޫގައި މަރުވި ހަތަރު މަހުގެ ތުއްތު ކުއްޖެއްގެ މަރާއިމެދު ޝައްކު އުފެދޭތީ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަން ފުލުހުން މިވަނީ ހާމަކޮށްފައެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައި...

14 Dec 2024 | 14:30

ކ. ގުރައިދޫގައި މަރުވި ހަތަރު މަހުގެ ތުއްތު ކުއްޖެއްގެ މަރާއިމެދު ޝައްކު އުފެދޭތީ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަން ފުލުހުން މިވަނީ ހާމަކޮށްފައެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ކ. ގުރައިދޫގައި އުމުރުން 4 މަހުގެ ތުއްތު ކުއްޖެއްގެ މަރުގެ މައްސަލަ މިއަދު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ދުވަހުން އެއްކުރި ބައެއް މައުލޫމާތުތަކުން އެނގޭގޮތުގައި އެ ކުއްޖާގެ ބެލެނިވެރިން އެ ކުއްޖާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ ރޭގެ 12 ޖަހާ ބޮޑުވި ފަހުންނެވެ. ގެންދިޔައިރު ހަށިގަނޑު ހަރުވެފައި އޮތުމާއި ނޭފަތާއި ކަންފަތުން ލޭގެ އަސަރު ހުރުމުން ޑަކުޓަރު ޝައްކު އުފެއްދިއެވެ. އަދި ސުވާލުކުރުމުން އެހެން ކުދިންނާއި އެކުގައި ކުޅެން އުޅުމުގެ ތެރޭގައި އެހެން ކުއްޖެއްގެ ފައިން ކުއްޖާގެ ގައިގާ ޖެހުނީ ކަމަށް ބުނި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެހެންނަމަވެސް ކުއްޖާގެ ގައިން އެފަދަ ނިޝާނެއް ނެތުމާއި އަދި ކުއްޖާ ހަރުވެފައި އޮތުމުން ޝައްކުތަކެއް ކުރެވޭތީ ޕޮލިހަށް ރިޕޯޓްކުރެވި މައްސަލަ ތަހުގީގުކުރަން ފެށީކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ކުއްޖާ މިހާރު މާލެ ގެނެސް ހަށިގަނޑު އޮތީ މޯޗަރީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް