ނޮވެމްބަރު މަހު މާލޭގައި 95 ވަރި

މިދިޔަ ނޮވެމްބަރު މަހު މާލެ ސަރަހައްދުގައި 95 ވަރި ކޮށްދީފައިވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ. އެ ކޯޓުން މިހެން ބުނެފައިވަނީ އެ ކޯޓުގެ ނޮވެމްބަރު މަހު ނިންމި މައްސަލަތަކުގެ ތަފާސްހިސާބު ހާމަކުރަމުންނ...

14 Dec 2024 | 08:47

މިދިޔަ ނޮވެމްބަރު މަހު މާލެ ސަރަހައްދުގައި 95 ވަރި ކޮށްދީފައިވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

އެ ކޯޓުން މިހެން ބުނެފައިވަނީ އެ ކޯޓުގެ ނޮވެމްބަރު މަހު ނިންމި މައްސަލަތަކުގެ ތަފާސްހިސާބު ހާމަކުރަމުންނެވެ.

އެގޮތުން މިދިޔަ ނޮވެމްބަރު މަހު 195 ކައިވެނިކޮށްދީފައިވާއިރު 95 ވަރި ކޮށްދީފައިވާކަމަށް ބުނެފައިވެއެވެ.

މިދިޔަ ނޮވެމްބަރު މަހު ފެމިލީ ކޯޓުން ނިންމި މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު އާއިލީ އެހެނިހެން 17 މައްސަލައެއް، ގެވެށި އަނިޔާގެ ހަތަރު މައްސަލައެއް، ޚަރަދުގެ 15 މައްސަލައެއް، ކުދިންނާ ގުޅުންހުރި 13 މައްސަލައެއް ވަރީގެ 118 މައްސަލައެއް ނިންމާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް