މަގުމަތިވި ވުޒާރާތަކުގެ ޚިދުމަތް ދަރުބާރުގޭގައި ފެށުމަށް ވަމުން އަންނަ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

މ. ގްރީން ބިލްޑިންގް ގައި ބުރާސްފަތި ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަގުމަތިވި ވުޒާރާތަކުގެ ޚިދުމަތް ދަރުބާރުގޭގައި ފެށުމަށް ވަމުން އަންނަ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައް...

14 Dec 2024 | 07:29

މ. ގްރީން ބިލްޑިންގް ގައި ބުރާސްފަތި ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަގުމަތިވި ވުޒާރާތަކުގެ ޚިދުމަތް ދަރުބާރުގޭގައި ފެށުމަށް ވަމުން އަންނަ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.

އަލިފާނުގެ އެ ހާދިސާގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ (އެންވަޔަރަންމަންޓް މިނިސްޓްރީ)، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (ހައުސިންގ މިނިސްޓްރީ) އަދި އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާ (އިންފްރާސްޓްރަކްޗަރ މިނިސްޓްރީ) ހިންގަމުންދިޔަ އިމާރާތްތައް އެކުގައިހެން އަނދާ ހުލިވިއެވެ.

އެ ވުޒާރާތަކުގެ ޚިދުމަތް ދޭން ފަށަން ނިންމާފައިވަނީ ދަރުބާރުގޭގައެވެ. އެ މަސައްކަތް ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އަލިފާނުގެ އެ ހާދިސާގައި އެ ވުޒާރާތަކުގެ އިތުރުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި މާލެ ސިޓީ ކައުންސިލުގެ ލޭންޑް ބިލްޑިން އެންޑް ވައިޓަލް ސާވިސަސް ޑިޕާޓްމަންޓްގެ އޮފީހަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންގޮސްފައިވެއެވެ.

އަލިފާނުގެ އެ ހާދިސާގައި އެ ވުޒާރާތަކާއި އޮފީސްތަކުގެ ގިނަ ޑާޓާތަކަކާއި ގިނަ މުދާތަކަކާއި މައުލޫމާތުތަކެއް ވަނީ ނެތިގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް