އެސްޓީއޯއިން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި

އެސްޓީއޯއިން ރާއްޖެއަށް ކާޑާއި ބޭސް އެތެރެކުރުމުގެ ނަމުގައި 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފިއެވެ. އެ ސިޓީއާ ހަވަލާދެއްވައި ސަލީމް ވިދާޅުވީ، އެސްޓީއޯއިން ލޯނު ނަގާފައި އޮތީ ކާޑާ ބޭހުގެ އިތުރުން ޒަރ...

14 Dec 2024 | 04:07

އެސްޓީއޯއިން ރާއްޖެއަށް ކާޑާއި ބޭސް އެތެރެކުރުމުގެ ނަމުގައި 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފިއެވެ.

އެ ސިޓީއާ ހަވަލާދެއްވައި ސަލީމް ވިދާޅުވީ، އެސްޓީއޯއިން ލޯނު ނަގާފައި އޮތީ ކާޑާ ބޭހުގެ އިތުރުން ޒަރޫރީ ތަކެތި އެތެރެކުރުމަށް ކަމަށެވެ.

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ރިޔާސަތުގައި އިންނެވި ނައިބު މުގައްރިރު އަދި، މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވަނީ އެސްޓީއޯއިން ނަގާފައިވާ ލޯނަކާ ގުޅުވައި ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީއެއް މެންބަރުންނަށް އިއްވާފައެވެ.

އެ ސިޓީއާ ހަވަލާދެއްވައި ސަލީމް ވިދާޅުވީ، އެސްޓީއޯއިން ލޯނު ނަގާފައި އޮތީ ކާޑާ ބޭހުގެ އިތުރުން ޒަރޫރީ ތަކެތި އެތެރެކުރުމަށް ކަމަށެވެ.

އެސްޓިއޯއިން  މި ލޯނު ނަގައިފައިވާކަން ފިނޭންސް މިނިސްޓްރީން ވަނީ  ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ސިޓީ އަކުން އަންގާފައެވެ.

އެސްޓީއޯއިން މި ލޯން ނަގާފައިވަނީ އެމެރިކާގެ ޕްރައިވެޓް ކްރެޑިޓަރެއް ކަމަށްވާ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ އިންކް) އިންނެވެ.

ފިނޭންސް މިނިސްޓްރީގެ ސިޓީގައިވާ ގޮތުން އެސްޓިއޯއިން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ގެ މި ލޯން ނަގާފައިވަނީ އެ ކުންފުނިން ރާއްޖެއަށް އެެތެރެކުރާ ކާޑާއި ބޭހާއި އެނޫންވެސް ޒަރީރީ ތަކެތި އެތެރެކުރުމަށެވެ.

ސަރުކާރުން ގެރެންޓީ ދީފައިވާ މި ލޯން ނަގަން އެސްޓީއޯއިން ސޮއިކުރީ މިދިޔަ މަހުގެ 8 ވަނަދުވަހެވެ. ސަރުކާރުން ލޯނަށް ގެރެންޓީ ދިނީ ނޮވެމްބަރު މަހުގެ 20 ވަނދުވަހުއެވެ.

މި ލޯން ނަގާފައިވަނީ ތިން އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ނިންމާ ގޮތަށެވެ. އަދި ލޯންގެ އިންޓަރެސްޓް ރޭޓަކީ 13.13 އިންސައްތައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް