އަލިފާނުގެ ހާދިސާގަ ގެއްލުން ލިބުނު ސާވާ ސަލާމަތް ނުކުރެވޭނެ ކަމަށް ބެލެވެނީ: މިނިސްޓަރު ހައިދަރު

އަލިފާނުގެ ހާދިސާގައި، ގާތްގަނޑަކަށް މިނިސްޓްރީގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއަކާ އެއްކޮށް ހިންގައްޖެކަމަށާއި ހާއްސަކޮށް ސާވާ، ސަލާމަތް ނުކުރެވޭނެ ކަމަށް މިހާރު އަންދާޒާ ކުރެވޭކަމަށް ހައުސިން މި...

14 Dec 2024 | 03:56

އަލިފާނުގެ ހާދިސާގައި، ގާތްގަނޑަކަށް މިނިސްޓްރީގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއަކާ އެއްކޮށް ހިންގައްޖެކަމަށާއި ހާއްސަކޮށް ސާވާ، ސަލާމަތް ނުކުރެވޭނެ ކަމަށް މިހާރު އަންދާޒާ ކުރެވޭކަމަށް ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ އަށް ހައިދަރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިއްޔެގެ އަލިފާނުގައި އެ މިނިސްޓްރީގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއެއް އަނދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އަނދައިގެންދިޔަ ސާވާގައި ހުރި މައުލޫމާތު ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ މައުލޫމާތާއި އެ މިނިސްޓްރީން ހިންގަމުންދިޔަ ހުރިހާ މަޝްރޫއުތަކެއްގެ މައުލޫމާތު ހުރި ސާވާއަށް ބުރާސްފަތި ދުވަހު އަލިފާނުގައި ލިބުނު ގެެއްލުމުގެ ސަބަބުން އެކްސެސް ނުވެވިއްޖެ ނަމަ އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވިއެވެ. އަދި އެއީ އަތުގައި ހުރި ހުރިހާ މައުލޫމާތެއް ގެއްލިގެން އެދިޔައީ ކަމަށް ހައިދަރު ވިދާޅުވި އެވެ.

" ގާތްގަނޑަކަށް މިިނސްޓަރީގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއަކާ އެއްކޮށް އެ ދިޔައީ، ހާއްސަކޮށް އަޅުގަނޑުމެންގެ ސާވާ، ސަލާމަތް ނުކުރެވޭނެ ކަމަށް މިހާރު އަންދާޒާ ކުރެވެނީ، އެހެންވެއްޖެ ކަމަށް ވެއްޖެއްޔާ އެއީ ވަރަށް ބޮޑު ގެއްލުމެއް، އެއީ އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ މައުލޫމާތެއް ގެއްލިގެން އެދިޔައީ،" ހައިދަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައުސިން މިނިސްޓްްރީގެ ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އެ މިނިސްޓްރީން ހިންގަމުންދިޔަ ހުރިހާ މަޝްރޫއުތަކެއް މައުލޫމާތު ވެސް ހުންނާނީ އެ ސާވާގައި ކަމަށާއި އެ ސާވާއަށް އެކްސެސް ނުލިބިއްޖެ ނަމަ ދެން އެ މައުލޫމާތުތައް ލިބޭނެ ގޮތެއް ނޯންނާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

ހައުސިން، އިންފްރާސްޓްރަކްޗާ އަދި އެންވަރަމެންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތްތައް ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ވަނީ އަނދާ ހުލިވެފަ އެވެ. އެއާއެކު އެ ތިން މިނިސްޓްރީގެ މަސައްކަތް މިހާރު ވަނީ ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް