އޭސީސީގެ މިފަހަރުގެ ޝިޔާރު - "އެންމެން އެކުގައި – ކޮރަޕްޝަނާ ދެކޮޅަށް"

އޭސީސީގެ މިފަހަރުގެ ޝިޔާރުގެ ގޮތުގައި މިއަދު އިފްތިތާހުކޮށްފައިވަނީ "އެންމެން އެކުގައި – ކޮރަޕްޝަނާ ދެކޮޅަށް" / "ޓުގެދަރ – އެގެއިންސްޓް ކޮރަޕްޝަން"  މި ޝިއާރެވެ.ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ކޮމިޝަނު...

14 Dec 2022 | 17:55

އޭސީސީގެ މިފަހަރުގެ ޝިޔާރުގެ ގޮތުގައި މިއަދު އިފްތިތާހުކޮށްފައިވަނީ "އެންމެން އެކުގައި – ކޮރަޕްޝަނާ ދެކޮޅަށް" / "ޓުގެދަރ – އެގެއިންސްޓް ކޮރަޕްޝަން"  މި ޝިއާރެވެ.ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ކޮމިޝަނުން ކުރާ ބުރަ މަސައްކަތުގައި މުޅި މުޖުތަމަޢު އެކަތިގަނޑަކަށް ހެދުމުގެ މަގުސަދުގައި ނެރުނު މި ޝިޔާރު އިފްތިތާޙުކޮށްފައިވަނީ މިއަދު އޮޑިޓަރ ޖެނެރަލް އޮފީހުގައި  ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނުގެ ރައީސްކަން ކުރިން ކުރައްވާފައިވާ މުޙައްމަދު ޝަފީޢުއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި އޭސީސީގެ ކުރީގެ ރައީސް މުޙައްމަދު ޝަފީޢު ވިދާޅުވީ، ކޮމިޝަނުގެ އައު ޝިޔާރު "އެންމެން އެކުގައި – ކޮރަޕްޝަނާ ދެކޮޅަށް" މި ޝިޔާރަކީ މުހިއްމު، އެންމެން ޝާމިލްވާ މޮޅު އަދި މުނާސަބު ޝިޔާރެއްކަމަށެވެ..

ޝިޔާރު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިންގެ އިތުރުން ކޮމިޝަނަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބައެއް މުވައްޒަފުންނާއި، މިހާރުގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ. އަދި ރަސްމިއްޔާތުގައި މިއަދު ކޮމިޝަނުގެ މެންބަރު ޝަޒްނާ ޙާޝިމްވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ކޮރަޕްޝަންގެ ސަބަބުން ލިބިގެންދާ ގެއްލުން ފާހަގަކުރައްވައި ކޮމިޝަނުގެ އައު ޝިޔާރުގައިވާ ފަދައިން ޤައުމުގެ "އެންމެން އެކުގައި – ކޮރަޕްޝަނާ ދެކޮޅަށް" މަސައްކަތް ކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. ކޮރަޕްޝަން ދެކޮޅަށް އޭސިސީން ކުރަމުންދާ މަސައްކަތްތަކުގައި، އަދިވެސް ހުރަސްތަކެއް ހުރިކަމަށާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ކާމިޔާބުވެ ކުރިއެރުން ލިބޭނީ އެންމެން ގުޅިގެން މަސައްކަތްކުރުމުން ކަމުގައި ފާހަގަކުރެވުނެވެ.މީގެ އިތުރުން ހުރިހާ މުއައްސަސާ ތަކާއި، ޚިދުމަތް ހޯދާ ފަރުދުންގެ ޒިންމާގެ މުހިއްމުކަންވެސް ފާހަގަކުރެއްވިއެވެ..

އޭސީސީއިން މިއަދު އިފްތިތާހް ކުރެވުނު ޝިޔާރާއި ކުރިން ކޮމިޝަނުން ބޭނުން ކޮށްފައިވާ ޝިއާރުތަކަކީ ކޮމިޝަންގެ ފަރާތުން އާންމުންނަށް ދޭން ބޭނުންވާ މެސެޖް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖްތައް ފޯރުކޮށްދިނުން ފަސޭހަވެގެންދާނެކަމެކެވެ. އަދި ކޮމިޝަނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ލިބިގެންދާނެ އިތުރު ބާރެއްކަމުގައި އެކޮމިޝަނުން މިޝިއާރު ސިފަކުރައްވައެވެ.އަދި ކުރިއަށް އޮތްތަނުގައި ކޮމިޝަނުން ބާއްވާ އެކި ހަރަކާތްތަކުގައި މިޝިޔާރު ބޭނުން ކުރަމުންގެންދާނެކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް