ފިލާވަޅު ހަދާދޭނެ މީހަކުވޭތޯ 40 މިނެޓު ހިނގި ޗައިނާގެ މިއަންހެންކުއްޖާ

ޗައިނާގެ ވިލެޖެއްގައި ނުވަ އަހަރުގެ ކިޔަވާ ދަރިއަކު ހޯމްވޯކް ހެދުމަށް އެހީތެރިވާނެ ފަރާތެއް ހޯދުމަށް ހިނގާ މަންޒަރު މަތީގައިވާ ފޮޓޯއިން އެ ފެނިގެންދަނީއެވެ.އެމަންޒަރު ސޯޝަލް މީޑިއާގައި ޝެއާރކުރި ފަރާތ...

14 Dec 2022 | 17:43

ޗައިނާގެ ވިލެޖެއްގައި ނުވަ އަހަރުގެ ކިޔަވާ ދަރިއަކު ހޯމްވޯކް ހެދުމަށް އެހީތެރިވާނެ ފަރާތެއް ހޯދުމަށް ހިނގާ މަންޒަރު މަތީގައިވާ ފޮޓޯއިން އެ ފެނިގެންދަނީއެވެ.އެމަންޒަރު ސޯޝަލް މީޑިއާގައި ޝެއާރކުރި ފަރާތްކަމުގައިވާ ރޭން ނަމަކަށްކިޔާ އަންހެނަކު އޭނާގެ ގެޔަށް ގެންގޮސް ފިލާވަޅުތައް ހަދައިދިނުމުގައި އެކުއްޖާއަށްވަނީ އެހީތެރިވެދީފައެވެ. އެހެންނަމަވެސް ފަރުބަދަ ހިސާބުގައި 40 މިނެޓް ފިލާވަޅެއް ހެދުމަށް އެހީއެއް ހޯދަން އުޅުނު މިކުއްޖާގެ ވާހަކަތަކަކީ އަޅުގަނޑުމެން ވިސްނާލަންޖެހޭވަރުގެ ފިލާވަޅެކެވެ.

ކުޑަކުޑަ ކުއްޖަކު ފިލާވަޅުހެދުންފަދަ ކަމަކަށް އެފަދަ ގޮތަކަށް ތަހައްމަލު ކުރަންޖެހުމުގެ މައިގަނޑު އެއްސަބަބެއްކަމުގައިވީ މައިންބަފައިންނަކީ ފިލާވަޅުތަކުގައި އެހީތެރިވުމުގެ ގާބިލުކަން ލިބިފައިވާބަޔަކަށްނުވުމެވެ.އަޅުގަނޑުމެންގެ މުޖުތަމައުގެ ދަރިންނަށް 40 މިނެޓް ހިނގަން ނުޖެހުނެއްކަމަކު މީ ދިމާވާ ހާލަތެކެވެ. އަދި މިކަން ހައްލުކުރުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކުން އިސްނަގައިގެން މައިންބަފައިންނާއި ގުޅިގެން މަސައްކަތްކުރަންޖެހޭވަރުގެ ކަމެއްވެސްމެއެވެ.

ދިވެހި މިމުޖުތަމައުގައި އަދިވެސް އިނގެރޭސި ނުދަންނަ ލޮބުވެތި މައިންބަފައިން ތިބޭނެކަމީ ގަބޫލުކުރަންޖެހޭނެކަމެކެވެ. އެގޮތުން މައިންބަފައިންނަށް އުނގަންނައިދިނުމުގެ މަސައްކަތްތަކެއް ފެށުމަކީ ކުރުން މުހިއްމު ކަމެކެވެ.ދަރިންގެ ހަޔާތުގައި ދިމާވާ ކަންކަމާއި ކުރިމަތިލާންވީ އެންމެ ރަނގަޅުގޮތް މައިންބަފައިންނަށް ނޭނގުމުގެ ސަބަބުން އުނދަގޫ ހާލަތްތަކާއި ކުރިމަތިލާންޖެހިފައިވާ ގިނަ ދަރީންތަކެއްވާނެއެވެ. އެހެންކަމުން ސުކޫލްތަކާއި ކަމާއިބެހޭ އިދާރާތަކުން އިސްނަގައިގެން މައިންބަފައިންނަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ވިސްނަންޖެހޭ، ހުރިހާ ގޮތަކުންވެސް އެންމެ 'ބޭސިކް' މައުލޫމާތުތައް ފޯރުކޮށްދެވޭނެ ވިއުގައެއް ގާއިމްކޮށްދިނުމަކީ ކުރެވިދާނެކަމެކެވެ.ޗައިނާގެ މިކުޑަކުޑަ އަންހެންކުއްޖާ ފަދައިން ތައުލީމު ހާސިލުކުރުމަށްޓަކައި ދިރިއުޅުމުގެ ހުރަސްތައް ކަނޑައްތު ކުރުމަށް ބުރަ މަސައްކަތްކުރާ ދަރިންގެ ހަޔާތުގައި ފަސޭހަކޮށްދެވެންއޮތް ގޮތްތަތަށް ހޯދައި އެކަންތައް އަޅުގަނޑުމެންގެ މައިންބަފައިންނަށް ފޯރުކޮށްދިނުަކީ މުހިއްމުކަމެއްކަމުގައި ދެކެމާތޯއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް