އެންމެ ގިނަ ދުވަސްވީ ޖިންސު، ބޮޑު އަގެއްގައި ވިއްކާލައިފި

އެންމެ ގިނަ ދުވަސްވީ ޖިންސު ބޮޑު އަގެއްގައި ވިއްކާލައިފިއެވެ. ދުނިޔޭގެ އެންމެ ދުވަސްވީ ޖީންސް ކަމުގައި ބެލެވޭ މި ހުދު ޖިންސް ޔޫ،އެސްގައި  ވިއްކާލައިފައިވަނީ އެއްލައްކަ ސާދަ ހާސް ޔޫއެސް ޑޮލަރަށެވެ. މި ...

14 Dec 2022 | 14:35

އެންމެ ގިނަ ދުވަސްވީ ޖިންސު ބޮޑު އަގެއްގައި ވިއްކާލައިފިއެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ ޖީންސް ކަމުގައި ބެލެވޭ މި ހުދު ޖިންސް ޔޫ،އެސްގައި  ވިއްކާލައިފައިވަނީ އެއްލައްކަ ސާދަ ހާސް ޔޫއެސް ޑޮލަރަށެވެ. މި ޖީންސް ފެނުން ސިފަކުރެވިފައިވަނީ ހަނދުގައި އެންމެ ފުރަތަމަ ދިދަ ވިހުރުވާލުންފަދަ ތާރީޙީ ކަމެއްގޮތުގައެވެ.

މި ޖީންސް ހޯދިފައިވަނީ 1857  ވަނަ އަހަރު ހިނގި ގުދުރަތީ ކާރިސާއެއްގައި އަޑިޔަށް ދިޔަ އެސްއެސް ސެންޓްރަލް އެމެރިކާ ނަމަކަށް ކިޔައި މަޝްހޫރު ނަމުންނަމަ ‘ ޝިޕް އޮފް ގޯލްޑް ‘ ބޯޓުންކަމުގައި ޖީންސް ނީލަމަށްލީ ސެން ފްރާންސިސްކޯގެ ކުންފުނިން  ބުނެއެވެ.

ބޯޓުގައި ދެންހުރި ތަފާތު އިތުރު ޒަމާންވީ ތަކެތި ނީލަމަށް ލުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީގައެވެ. އެތަކެތީގެ އަގު އުޅޭނީ ކިހާވަރެއްގަތޯ ސުވާލު ނުއުފެދޭ ހެއްޔެވެ.ޔަގީނުންވެސް ދުވަސްވާވަރަކަށް ތަކެތީގެ އަގު ނުކުރެވޭނެކަމުގެ މިސާލަކަށް ފުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް