ފޯރިގަދަ ވޯލްޑްކަޕްގެ ފޯރި، އުރީދޫ ފުޓްބޯޅަ ފޯރިއާއެކު އިތުރަށް ފޯރިގަދަވެގެންދާއިރު އާޓިފިޝަލް ބީޗު ސަރައްދުގައި ރެއަކީ އެ ފޯރި ވަކިން ގަދަވެގެންދިޔަ ރެއެކެވެ.
އާޖެންޓީނާ އަދި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ފެށުމުގެ ކުރިން ހަބޭސް ބޮޑުބެރު ގްރޫޕްގެ ފޯރިގަދަ ޝޯއެއް ރޭގައި އުރީދޫ ފޭން ޒޯންގައި ކުރިއަށްގެންގޮސްފައިވެއެވެ.
އުރީދޫއިން މައުލޫމާތުދެއްވާގޮތުގައި އާޓިފިޝަލް ބީޗް ސަރަހައްދުގައި ގާއިމްކޮށްފައިވާ އުރީދޫ ފޭންޒޯންގައި މިރޭވެސް 10:00 ގައި ހަބޭސް ބޮޑުބެރު ގްރޫޕްގެ ޝޯއެއް ކުރިއަށްދާނެއެވެ. މި ޝޯއަށް އުރީދޫ އަދި ހަބޭސް ބޮޑުބެރު ގްރޫޕުން ދައުވަތު އަރުވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް