ވިލާ ކޮލެޖު އޯޕަން ޑޭ އަންނަ ހުކުރު ދުވަހު

ވިލާ ކޮލެޖުގައި އަންނަ މަހު   ގައި ފަށާ ކޯސްތަކުގެ މައުލޫމާތު ދިނުމަށް "އޯޕަން ޑޭ" އެއް އަންނަ ހުކުރު ދުވަހު ، 16 ޑިސެމްބަރ 2022 ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮލެޖުން ބުނެފިއެވެ. ވިލާ ކޮލެޖުން ...

14 Dec 2022 | 09:30

ވިލާ ކޮލެޖުގައި އަންނަ މަހު   ގައި ފަށާ ކޯސްތަކުގެ މައުލޫމާތު ދިނުމަށް "އޯޕަން ޑޭ" އެއް އަންނަ ހުކުރު ދުވަހު ، 16 ޑިސެމްބަރ 2022 ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮލެޖުން ބުނެފިއެވެ.

ވިލާ ކޮލެޖުން ބުނީ އެ ކޮލެޖުގެ އޯޕަން ޑޭގެ ހަރަކާތްތައް ކުރިއަށްދާނީ ވިލާ ކޮލެޖުގެ ގޯތި ތެރޭގައި ހުކުރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް  ކަމަށެވެ.

އެ ދުވަހު  ކޯސް ތަކުގެ މަޢުލޫމާތު ދިނުމާއި ކިޔަވައިދެއްވާ ލެކްޗަރާއިންނާ ބައްދަލު ކުރެވޭނެ އިންތިޒާމާއި ކުރީގެ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނާއި ބައްދަލުވެ އެކުދީންގެ ތަޖުރިބާ ހިއްސާކޮށްލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވިލާ ކޮލެޖުން ހާމަކުރެއެވެ. އަދި ހަމަ އެއާއި އެކު ކޯސްތަކަށް ވަނުމަށް އެޕްލިކޭޝަން ހުށަހެޅުމާއި، ވަގުތުން ކޯހަށް ހޮވުނުކަމުގެ ލިޔުން އަދި ކޯހަށް ރަޖިސްޓްރީ ވެވޭނެ އިންތިޒާމް ވެސް ވަނީ އޯޕަން ޑޭގެ ހަރަކާތްތަކުގެ ތެރޭގައި ހަަަމަޖެހިފައި ކަމަށް އެ ކޮލެޖުން ބުނެފައި ވެއެވެ.

ވިލާ ކޮލެޖުން ބުނީ އޯޕަން ޑޭގައި  ތަފާތު ކުޅިވަރު ހަރަކާތްތަކާއި ، ލައިވް މިއުޒިކް އަދި ފުޑް ސްޓޯލްތައް ވެސް  ކުރިއަށް ގެންދަން ވަނީ ނިންމާފައި ކަމަށާއި، އޯޕަންޑޭއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ނަސީބު ވެރި ފަރާތަކަށް ޚާއްސަ އިނާމެއް ލިބިގެންދާނެ ކަމަށެވެ.

މި އޯޕަންޑޭގައި ވިލާ ކޮލެޖުން ހިންގާ ކްލާސްތަކުގެ ތެރެއިން ބައެއް ކްލާސްތައް ތަޖުރިބާ ކޮށްލުމަށްޓަކައި ހިލޭ ބައިވެރިވެވޭ "ޑެމޯ ކްލާސް" ތަކާއި ވިލާ ކޮލެޖުގެ ދަރިވަރުންނަށް ހުރި ވަސީލަތްތައް ބާއްލަވާލެއްވުމުގެ ފުރުސަތުވެސް އޯޕަންޑޭއަށް ވަޑައިގަންނަވާ ފަރާތްތަކަށް ލިބިލައްވާނެ ކަމަށް އެ ކޮލެޖުން ހާމަކުރެއެވެ.

އަދި މީގެ އިތުރުން ވިލާ ކޮލެޖުގައި ހުރި ވަޒީފާގެ ފުރުސަތު، އަދި މި އޯޕަންޑޭގެ ބައިވެރިން ކަމުގައިވާ "ކްރޯ މޯލްޑިވްސް ،ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ، ޔުނިވަރސަލް ރިސޯޓްސް، އަމާނާތަކަފުލް، މޯލްޑިވިއަން، އޭޑީކޭ ހޮސްޕިޓަލް، އީވައި، އަދި އެސް.ޓީ.އޯ ގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ބެހޭ މަޢުލޫމާތު ވެސް ލިބިގެންދާނެ ކަމަށް ވިލާ ކޮލެޖުން ހާމަކޮށްފައި ވެއެވެ.

އާ ތިން ކޯހަކާ އެކު ވިލާ ކޮލެޖުން އަންނަ އަހަރު 100 ކޯހެއް ހިންގަން ހަމަޖެހިފައިވާއިރު އެ ކޯސްތަކަށް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މި މަހުގެ 26 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް