ދައުލަތުގެ އެންމެ ރުފިޔާއެއްގައިވެސް ޖެހިފައި ނުވާނެ: ދުންޔާ

ދައުލަތުގެ އަދި ރައްޔިތުންގެ އެންމެ ރުފިޔާއެއްގައިވެސް ނުހައްގު ގޮތުގައި ޖެހިފައި ނޯންނާނެކަމުގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. ދުންޔާ މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ...

14 Dec 2022 | 06:37

ދައުލަތުގެ އަދި ރައްޔިތުންގެ އެންމެ ރުފިޔާއެއްގައިވެސް ނުހައްގު ގޮތުގައި ޖެހިފައި ނޯންނާނެކަމުގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މައްސަލައިގާ މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށްފައިވާއިރު އެކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސްކަންވެސް އަދާކުރައްވަމުންގެންދަވާ ދުންޔާ ވިދާޅުވީ އޭސީސީއަށް ހާޒިރު ކުރުމަކީ ސިޔާސީ ކަމެއް ކަމަށެވެ. އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ. ކުރާ ފުރައްސާރައެއް ކަމަށެވެ.

"ދައުލަތުގެ އަދި ރައްޔިތުންގެ އެންމެ ރުފިޔާއެއްވެސް ވަގަށް ނަގާފައި ނޯންނާނެ" ދުންޔާ ވިދާޅުވެފައިވެއެވެ.

https://twitter.com/dunyamaumoon/status/1602912409642881025

ދުންޔާ އިތުރަށް ވިދާޅުވެފައިވަނީ ހައްގުގެ މަގުގައި އަބަދުވެސް ވަކާލާތުކުރައްވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް