ނިއުޒިލޭންޑުގައި އަންނަ އަހަރުން ފެށިގެން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަނީ

ނިއުޒިލޭންޑުގައި އަންނަ އަހަރުން ފެށިގެން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން ބިލެއް ފާސްކޮށްފި އެވެ. އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މި ބިލް ފާސްކުރީ އިއްޔެ އެވެ. މި ބިލުގެ މަގުސަދަކީ އަންނ...

14 Dec 2022 | 06:31

ނިއުޒިލޭންޑުގައި އަންނަ އަހަރުން ފެށިގެން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން ބިލެއް ފާސްކޮށްފި އެވެ.

އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މި ބިލް ފާސްކުރީ އިއްޔެ އެވެ. މި ބިލުގެ މަގުސަދަކީ އަންނަ އަހަރުން ފެށިގެން އެ ގައުމަކީ ގާތްގަނޑަކަށް ދުންފަތާއި ދުރުވެފައިވާ ގައުމަކަށް ހެދުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ނިއުޒިލެންޑުގެ ހެލްތް މިނިސްޓަރު ޑރ. އައިޝާ ވެރަލް ވިދާޅުވީ މި ބިލު ގާނޫނަކަށް ހަދައި އަމަލު ކުރަން ބޭނުންވާ މަގުސަދަކީ މުސްތަގުބަލުގެ ޖީލު ދުންފަތް ބޭނުން ކުރުން ހުއްޓުވުން ކަމަށެވެ. އޭނާ ވިދާޅުވީ އެގައުމުގެ ރައްޔިތުންނަކީ ދިގު އުމުރެއް ލިބޭ، ސިއްހަތު ރަނގަޅު ޖީލެއް ބިނާ ކުރަން ބޭނުންވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރު 2.3 ބިލިއަން ރުފިޔާ ސަލާމަތް ވާނެ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މިހާރު ކޮންމެ އަހަރު ގާތްގަނޑަކަށް އެހާ އަދަދެއް ދުންފަތާއި ގުޅުން ހުރި ބަލިތައް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ދައުލަތުން ހަރަދު ކުރަން ޖެހޭ ކަމަށެވެ.

ނިއުޒިލޭންޑުގައި ފާސްކުރި މި ބިލުގައި ބުނެފައިވާގޮތުން 2008 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް އަންނަ އަހަރުން ފެށިގެން ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް ގަތުން މަނާވެއެވެ. މި ބަދަލާއި އެކު 2050 ވަނަ އަހަރު އަންނައިރު އެ ގައުމުގައި 40 އަހަރުން ދަށުގެ މީހުން ދުންފަތުގެ އިސްތިއުމާލެއް ނުކުރާނެ އެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދު، އަވަށް އަދި ކޮމިއުނިޓީތަކެއްވެސް ކަނޑައަޅާނެ ކަމަށް ބުނެފައިވެ އެވެ.

މިހާރުވެސް ނިއުޒިލޭންޑަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގައި ލާމަސީލު ތާރީހެއް އޮތް ގައުމެކެވެ.

ތަފާސް ހިސާބު ދައްކާގޮތުން ނިއުޒިލޭންޑުގައި ދުންފަތުގެ އިސްތިއުމާލު ކުރަނީ ބޮޑެތި މީހުންގެ އާބާދީގެ އަށް ޕަސެންޓު މީހުންނެވެ. ނިއުޒިލޭންޑު ސަރުކާރުގެ އަމާޒަކީ 2025 ވަނަ އަހަރު އެ އަދަދު ފަސް ޕަސެންޓަށް ދަށް ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް