ދުވަހުގެ މޫސުން: ދެކުނަށް ވިއްސާރަ، އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރަފާނެ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮ...

14 Dec 2022 | 06:23

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

މިއަދު ކަނޑުތަކަށް ބަލައިލާއިރު ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެކަމަށްވެސް ބުނެފައިވެއެވެ.

ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް