އުރީދޫ އިން އެންމެ ފަހުގެ އައިޕެޑް ޕްރޯ ވިއްކަން ފަށައިފި

އުރީދޫ އިން އެންމެ ފަހުގެ އައިޕެޑް ޕްރޯ ވިއްކަން ފަށައިފި އެވެ. އެ ގޮތުން 32 ޖީބީގެ އައިޕެޑް އެއް ޖީއެސްޓީ އާއިއެކު ވިއްކަނީ 14319 ރުފިޔާ އަށެވެ. 128 ޖީބީގެ އައިޕެޑެއް ވިއްކުމަށް އުރީދޫއިން ނިންމާފައި...

14 Dec 2015 | 17:27

އުރީދޫ އިން އެންމެ ފަހުގެ އައިޕެޑް ޕްރޯ ވިއްކަން ފަށައިފި އެވެ.

އެ ގޮތުން 32 ޖީބީގެ އައިޕެޑް އެއް ޖީއެސްޓީ އާއިއެކު ވިއްކަނީ 14319 ރުފިޔާ އަށެވެ. 128 ޖީބީގެ އައިޕެޑެއް ވިއްކުމަށް އުރީދޫއިން ނިންމާފައިވަނީ 19103 ރުފިޔާ އަށެވެ.

އެޕަލް އިން އެންމެ ފަހުން ތައާރަފް ކޮށްފައިވާ އައިޕެޑް ޕްރޯ އަކީ 12.9 އިންޗިގެ ރެޓީނާ ޑިސްޕްލޭ ސްކްރީން އެއް ލިބިގެންވާ، ސެލިއުލަރ ނެޓްވަރކް އަދި ވައިފައި ނެޓްވަރކް ގައި ބޭނުންކުރެވޭ އައިޕެޑް އެކެވެ. އައިޕެޑް ޕްރޯ އާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން 9999784 އަދި 9999358 ގުޅުއްވުމުން، އުރީދޫ އިން އެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫން ހާމަކުރެ އެވެ.

އައިޕެޑް ޕްރޯ އުފައްދާފައިވަނީ 12.9 އިންޗީގެ ރެޓީނާ ޑިސްޕްލޭއަކާ އެކީ، އަދި އެޕަލްގެ އެންމެ ފަހުގެ AX9  64-bitޕްރޮސެސަރ އަކާ އެކީގައި ކަމަށްވާއިރު މިއީ އެންމެ ޒަމާނީ ކޮމްޕިއުޓަރތަކާ އަޅާކިޔާލެވޭ ޑިވައިސްއެކެވެ. ތުނި، ލުއި، އަދި 10 ގަޑިއިރު ބޭނުންކުރުމުގެ ޤާބިލުކަން ލިބިފައިވާ ބެޓެރީއެއް އެކުލެވޭ މި ޑިވައިސްއިން ވައިފައި 802.11ac ، LTE، އަދި 3G+ މެދުވެރިކޮށް ދުނިޔޭގެ ގިނަ ނެޓްވަރކްތަކެއްގައި އަވަސް އިންޓަރނެޓްގެ ބޭނުން ކުރެއްވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް