ފަތުވާ ކޮންފަރެންސްގެ ބައްދަލުވުމަކަށް ރައީސް މައުމޫނު މިސްރަށް  ވަޑައިގެންފި

ރައީސް މައުމޫން މިސްރުގައި -- ފޮޓޯ: ޓްވިޓަ ބައިނަލްއަގްވާމީ ފަތުވާ ކޮންފަރެންސްގެ ބައްދަލުވުމަކަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު އަނެއްކާ ވެސް މިސްރަށް ވަޑައިގެންފިއެވެ. ރައީސް މައުމޫނު މިއ...

14 Dec 2015 | 12:39

ރައީސް މައުމޫން މިސްރުގައި -- ފޮޓޯ: ޓްވިޓަ

ބައިނަލްއަގްވާމީ ފަތުވާ ކޮންފަރެންސްގެ ބައްދަލުވުމަކަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު އަނެއްކާ ވެސް މިސްރަށް ވަޑައިގެންފިއެވެ.

ރައީސް މައުމޫނު މިއަދު މިސްރަށް ވަޑައިގެންފައިވަނީ އެގައުމުގެ އިސް މުފްތީ ޑރ.ޝައުގީ އިބްރާހީމް އައްލާމްގެ ދައުވަތަކަށެވެ. އަދި މިސްރަށް ވަޑައިގެންނެވުމުން ރައީސް މައުމޫނަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ވެސް އިސް މުފްތީ ޑރ.ޝައުގީ އިބްރާހީމް އައްލާމްއެވެ.

ރައީސް މައުމޫނު މިއަދު މިސްރަށް ވަޑައިގެންނެވީ މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައި އުޅުއްވުމަށްފަހުއެވެ.

ރައީސް މައުމޫނުވަނީ މިދިޔަ އޮގަސްޓު މަހު ވެސް ބައިނަލް އަގުވާމީ ފަތުވާ ކޮންފަރެންސްގެ ބައްދަލުވުމަކަށް މިސްރަށް ވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް