އެމްޑީޕީއާއި އަދާލަތު ޕާޓީ 75000 ރުފިޔާއިން ޖޫރިމަނާކޮށްފި

"މިންޖުވާން" މުޒާހަރާގައި ގާނޫނާއި ހިލާފް އަމަލުތައް ހިންގާފައިވާކަމަށް ބުނެ، 75000 ރުފިޔާއިން އެމްޑީޕީއާއި އަދާލަތު ޕާޓީ މިއަދު ޖޫރިމަނާކޮށްފިއެވެ. ބައެއް ނޫސްތަކަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސ...

14 Dec 2015 | 12:13

"މިންޖުވާން" މުޒާހަރާގައި ގާނޫނާއި ހިލާފް އަމަލުތައް ހިންގާފައިވާކަމަށް ބުނެ، 75000 ރުފިޔާއިން އެމްޑީޕީއާއި އަދާލަތު ޕާޓީ މިއަދު ޖޫރިމަނާކޮށްފިއެވެ.

ބައެއް ނޫސްތަކަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ އެދެޕާޓީން ކުރެ ކޮންމެ ޕާޓީއެއް 75000 ރުފިޔާއިން ޖޫރިމަނާކުރީ ކޮމިޝަނުން މައްސަލަ ބެލުމަށް ފަހުގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ "މިންޖުވާން" މުޒާހަރާގައި ހިންގާފައިވާ ގާނޫނާއި ހިލާފް އަމަލުތަކާއި ގުޅިގެން އެ ދެ ޕާޓީއަށްވެސް ސޮޓީ ފޮނުވާފައިވާނެކަމަށެވެ.

އެނގިފައިވާ ގޮތުގައި މިންޖުވާން މުޒާހަރާއާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބަލާފައިވަނީ ދެ މައްސަލައެކެވެ. އެއީ މުޒާހަރާގައި ކުޑަކުދިން ބައިވެރިކުރި މައްސަލައާއި އދ ގެ ލޯގޯ ބޭނުންކުރި މައްސަލައެވެ.

އިދިކޮޅު ދެޕާޓީ 75000 ރުފިޔާއިން ޖޫރިނަމާކޮށްފައިވާއިރު، މިއީ މިފަދަ މައްސަލަތަކުގައި ދެވޭ އެންމެ ބޮޑު އަދަބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް