ތ. އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފް ޢަބްދުއްސައްތާރު ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އާ ބައްދަލު ކުރައްވައިފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު ޝަހީދު ޙުސައިން ޢާދަމް ބިލްޑިންގްގައި އޮތް މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ ތ. އަތޮޅުގައި އާބާދީ ބޮޑެތި ރަށްރަށުގައި ފުލުހުންގެ ދާއިމީ މަރުކަޒެއް ޤާއިމްކުރުމާއި ގުޅޭގޮތުންނާއި އަތޮޅުގައި ހިނގާ ކުށްތައް މަދުކޮށް އަމާން ވެށްޓެއް ޤާއިމްކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމާއި ގުޅޭގޮތުން ކަމަށެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ އާއި ކޮމިޝަނަރސް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް ބައިވެރިވެލެއްވި ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް