ގައުމަށް ގައްދާރުވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދުގެ މުއްދަތު ހަތަރުވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ދޫނިދޫގައި ބަހައްޓައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަދީބުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގަ އެވެ. މިފަހަރުވެސް ބަންދުގެ މުއްދަތަށް ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.
އަދީބު ބަންދުކޮށްފައިވާތާ މިއަދަށް 51 ދުވަސްވެފައިވާއިރު އަދީބު ހައްޔަރުކޮށްފައިވަނީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތްތަނުން އައިއެންއައިއޭ އިން މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
އަދީބުގެ ބަންދުގެ މުއްދަތު ހަތަރުވަނަ ފަހަރަށް އިތުރުކޮށްފައިވާއިރު އަދީބުގެ މައްޗަށް މިހާތަނަށް ހަތަރު ދައުވާއެއް އުފުލާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް