ތަހުގީގުތަކުގައި ކުޑަކުދިންނާ އިންޓަވިއު ކުރާނެ ހާއްސަ ރޫމުތަކެއް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމްކޮށްފި

މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހްޤީޤުކުރަމުންދާ ކުޑަކުދިންގެ މައްސަލަތައް ތަހުޤީޤު ކުރަމުންދާއިރު ކުޑަކުދިން ހާޒިރުކޮށް އެކުދިންނާ ސުވާލުކުރުމަށް ބޭނުންކުރާ ޚާއްޞަ އިންޓަވިއު ރޫމްތަކެއް ރާއްޖޭގެ ހަތަ...

14 Dec 2015 | 09:01

މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހްޤީޤުކުރަމުންދާ ކުޑަކުދިންގެ މައްސަލަތައް ތަހުޤީޤު ކުރަމުންދާއިރު ކުޑަކުދިން ހާޒިރުކޮށް އެކުދިންނާ ސުވާލުކުރުމަށް ބޭނުންކުރާ ޚާއްޞަ އިންޓަވިއު ރޫމްތަކެއް ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ޤާއިމް ކޮށްފިއެވެ.

ފުލުހުން ބުނީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހްޤީޤުކުރުމުގައި" ކުޑަކުދިންގެ މައްސަލަތައް ބަލައި، ތަހްޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު" ގައި ކަނޑައަޅާފައިވާ ފަދައިން ތަޙުޤީޤުތައް ކުރިޔަށް ގެންދާނެ އެކަށީގެންވާ މާހައުލެއް ޤާއިކުކުރުމުގެ މަޤްސަދުގައި ކުޑަކުދިންނާއި ސުވާލު ކުރުމަށް ދިވެހި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޗައިލްޑް ފްރެންޑްލީ އިންޓަވިއު ރޫމްތަކެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން މިހާތަނަށް ވަނީ ޤާއިމް ކޮށްފައި ވާކަމަށެވެ.

"މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ހާއްސަ ކުރެވިފައިވާ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ ތެރޭގައި 13 ޖެނުއަރީ 2015 ގައި ޤާއިމުކުރެވިގެން ދިޔަ ޗައިލްޑް ފްރެންޑްލީ އިންޓަރވިއު ރޫމާ އެކު މިފަދަ މައްސަލަތައް ބަލައި ތަޙްޤީޤް ކުރުމުގައި ލުއިފަސޭހަކަމެއްލިބި ނަތީޖާ ރަނގަޅުވަމުން އަންނަކަން އެޑިޕާޓްމަންޓުން ވަނީ ފާހަގަ ކޮށްފައި" ފުލުހުން ބުނެ އެވެ.

ފުލުހުން ހާމަކުރާ ގޮތުގައި މި ޕްރޮޖެކްޓްގެ ދަށުން ދިވެހި ރާއްޖޭގައި ކުޑަކުދިންގެ މައްސަލަތައް ގިނައިން ހުށަހެޅޭ ސަރަހައްދުތައް ދިރާސާކުރުމަށްފަހު 04 ރަށެއްގައި މިހާރުވަނީ އިންޓަވިއު ރޫމްތައް ޤާއިމް ކޮށްފައި ވެ އެވެ. އެގޮތުން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި، ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަންގަ އާއި، ސ.ހުޅުމީދޫ ޕޮލިސް ސްޓޭޝަން އަދި ސ. ހިތަދޫ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގައި ވަނީ ކުޑަކުދިންގެ އިންޓަވިއު ރޫމްތައް ޤާއިމް ކުށްފައި ވެ އެވެ.

މިއިންޓަވިއު ރޫމްތައް ޤާއިމް ކުރެވިފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ އެހީތެރިކަމާއެކު، ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ މިކަމުގައި ހުނަރުހުރި ޚާއްސަ ޓީމްތަކެއް އަތޮޅުތަކަށް ފޮނުވައި ގެން ކަމަށާއި ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ މަޤްޞަދަކީ މާލެ އާއި އެއްފެންވަރަށް އަތޮޅުތަކުގައިވެސް ކުޑަކުދިންގެ މައްސަލަތަށް ބެލުމުގައި ވީހާވެސް ބޮޑަށް އެހީތެރިވެދީ މާލެ އާއި އަތޮޅުތަކުގައި މިފަދަ މައްސަލަތައް ބެލުމުގައި އެއްގޮތްކުރުން ކަމަށާއި ވީއެންމެ އަވަސް ފުރުސަތެއްގައި އިތުރު އަތޮޅުތަކުގައި މިފަދަ އިންޓަވިއު ރޫމްތައް ޤާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަކުރެ އެވެ.

"މި އިންޓަރވިއު ކުރާ މާހައުލުގެ ތައް ޤާއިމުކުރުމުގައި، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ވަނީ މިންގަނޑުތަކެއް ކަނޑައަޅާފައި، މިގޮތުން، މިތަންތަނުގައި ބޭނުންކުރެވޭ ކުލަތަކާއި، ފަރުނީޗަރު ތަކަކީ ކުޑަކުދިންނަށް ހާއްސަކުރެވިފައިވާ ތަކެއްޗަށް ވާންޖެހޭ، އަދި ކުޑަކުދިންނާއި ސުވާލުކޮށް މިކުދިންނަށް މުޢާމަލާތްކުރުމަށް އެހީތެރިވުމަށް، ބައެއް ކަހަލަ ސާމާނު މިފަދަ އިންޓަވިއު ރޫމްތަކުގައި ހުންނަންޖެހޭ، މީގެ އިތުރުން، ކުޑަކުދިންނާއި ސުވާލުކުރާ ފަރާތްތަކާ އެކުދިން އިށީނުމަށްވެސް މިފަދަ ރޫމްތަކުގައި ހުންނަންޖެހެނީ އެކަށޭނަ ކުލަ އަދި ސައިޒްގެ ގޮނޑި، މީގެ އިތުރުންވެސް، ވީޑިއޯ އަދި އޯޑިއޯ ރިކޯރޑިންގ ހެދޭނެ އިންތިޒާމްވެސް މި ރޫމްތަކުގައި ޤާއިމުކުރެވިފައި ހުންނަންޖެހޭނެ" ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ބުނީ މި އިންޓަރވިއު ރޫމްތަކަކީ ކުޑަކުދިންނަށް ހާއްސަ ކުރެވިފައިވާ ތަންތަނަށް ވާހިނދު، މިތަންތަން ސާފުކޮށް ބެލެހެއްޓުމަށް ވެސް ހާއްސަ ގައިޑްލައިންތަކެއް ޤާއިމުކޮށް، ސްޓޭޝަންތަކާ ވަނީ ހިއްސާކުރެވިފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް