ނުކުޅެދުންތެރިކަން ހުންނަ 10 ކުއްޖަކަށް އާސަންދައިން ވަޒީފާގެ ފުރުސަތު ހޯދައިދީފި

ނުކުޅެދުންތެރިކަން ހުންނަ 10 ކުއްޖަކަށް އާސަންދައިން ވަޒީފާގެ ފުރުސަތު ހޯދައިދީފި އެވެ. މި ކުދިންނަށް ވަޒީފާތައް ހޯދައިދީފައިވަނީ ދި ޟަދަގާތު ފައުންޑޭޝަންގެ ފަރާތުން އިންތިޒާމް ކޮށްގެންނެވެ. އެންސްޕާ ...

14 Dec 2015 | 08:50

ނުކުޅެދުންތެރިކަން ހުންނަ 10 ކުއްޖަކަށް އާސަންދައިން ވަޒީފާގެ ފުރުސަތު ހޯދައިދީފި އެވެ. މި ކުދިންނަށް ވަޒީފާތައް ހޯދައިދީފައިވަނީ ދި ޟަދަގާތު ފައުންޑޭޝަންގެ ފަރާތުން އިންތިޒާމް ކޮށްގެންނެވެ.

އެންސްޕާ އަދި އާސަންދައާއި ދި ޟަދަގާތު ފައުންޑޭޝަން ގުޅިގެން ވަޒީފާގެ ފުރުސަތު ހުޅުވާލުމާއެކު 21 ފަރާތަކުން ފޯމު ހުށަހަޅާފައިވާކަމަށް އެ ފަރާތުން ހާމަކުރެ އެވެ.

މި 21 ކުދިންގެ ތެރެއިން ވަޒީފާއަށް ހޮވުނު 10 ކުދިންނަށް ވަޒީގެ ލިޔުން ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މުލިއާގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް