ރަބަރޭ އަކީ މަފާޒުގެ މަރުގެ މައްސަލައިގާ ތުހުމަތު ކުރެވޭ މީހެއް ކަމަށް ނުބުނަން: ޕޮލިސް

ވަގުތު ނޫހުގައި މިއަދުގެ ވަގުތެއްގައި ޢާއްމުކޮށްފައިވާ “ރަބަރޭ އަކީ މަފާޒުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއް” މި ސުރުޚީގެ ދަށުން ޢާއްމުކޮށްފައިވާ ޚަބަރަކީ ފުލުހުންގެ އިދާރާއިން ދީފައިވާ މަޢުލޫމާތެ...

14 Dec 2015 | 08:37

ވަގުތު ނޫހުގައި މިއަދުގެ ވަގުތެއްގައި ޢާއްމުކޮށްފައިވާ “ރަބަރޭ އަކީ މަފާޒުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއް” މި ސުރުޚީގެ ދަށުން ޢާއްމުކޮށްފައިވާ ޚަބަރަކީ ފުލުހުންގެ އިދާރާއިން ދީފައިވާ މަޢުލޫމާތެއްގެ މައްޗަށް ލިޔެފައިވާ ޚަބަރެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ ޚަބަރުގައިވާ މަޢުލޫމާތުތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކާ ގުޅިގެން ފުލުހުންގެ އިދާރާއިން ޢާއްމު ކުރަމުންދާ ރަސްމީ މަޢުލޫމާތުގެ ތެރެއިން ޢާއްމު ކޮށްފައިވާ މަޢުލޫމާތެއް ނޫންކަމުގައި ދަންނަވާ ކަމަށެވެ. އަދި ހަމަ އެހެންމެ އެ ޚަބަރުގައިވާ މަޢުލޫމާތުގެ ޞައްޙަކަން ދެނެގަތުމަށް ވަގުތު ނޫހުން މޯލްޑިވްސް ޕޮލިސް ސާރވިސްގައި އެދިފައި ނުވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނެފައިވަނީ ފުލުހުން ހިންގާ ތަޙުޤީޤުތަކާއި ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖޭގެ މީޑިއާތައް މެދުވެރިކޮށް ރައްޔިތުންނަށް ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އަބަދުވެސް އިސްކަންދީގެން މަސައްކަތް ކުރާ ކަމަށާއި ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކުގެ މަޢުލޫމާތު ޢާއްމު ކުރުމުގެ ކުރިން، ވަކިން ޚާއްޞަކޮށް ފުލުހުންގެ ނަމުގައި އެފަދަ މަޢުލޫމާތު ޢާއްމު ކުރުމުގެކުރިން މޯލްޑިވްސް ޕޮލިސް ސާވިސްއިން އެކަމުގެ ސައްޙަ މަޢުލޫމާތު ހޯދުމަށް މިފުރުޞަތުގައިވެސް ހަނދުމަފުޅުކޮށް އަރުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް