ވަގަށް ނަގާފައިވާކަމަށް ބެލެވޭ ރޮންދާއަކާއި ރޫޓަރެއް ހޯދައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ނ.މަނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓް ރޮންދާއަކާއި ކަރަންޓް ރޫޓަރެއް ހޯދައި މީހަކު ނ.މަނަދޫއިނ...

14 Dec 2015 | 04:32

ނ.މަނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓް ރޮންދާއަކާއި ކަރަންޓް ރޫޓަރެއް ހޯދައި މީހަކު ނ.މަނަދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކުރައްވާ ގޮތުގައި މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 24 އަހަރުގެ ފިރިހެނެއްކަމަށާއި މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 2015 ޑިސެމްބަރ 10 ވަނަ ދުވަހު ނ.މަނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާއި ގުޅިގެން މި ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގެރޭ 23:00 ހާއިރު ކޯޓުއަމުރެއްގެ ދަށުން ކަމަށެވެ.

މަނަދޫ ގެއަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓް ރޮންދާއަކާއި ކަރަންޓް ރޫޓަރު ފެނިފައިވަނީ ފުލުހުންގެ ތަހުޤީޤަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ނ.މަނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގެރޭ 23:30 ހާއިރު އެތަކެތި ގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގެއިން ކަމަށަވެސް ފުލުހުން ބުނެއެވެ.

އިތުރަށް ފުލުހުން ހާމަކުރެއްވި ގޮތުގައި މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާއަކީ ވައްކަމާއި ފޭރުމުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކަމަށައި އަދި މި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަނދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތު ކޯޓުން ދީފައިވާ ކަމަށެވެ.

މި މައްސަލަ ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް