ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ފުލުހުންނާއި ކަސްޓޯޑިއަލް އޮފިސަރުންނަށް ފަސްޓު އެއިޑް ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
ޕޮލިހުން މަޢުލޫމާތުދޭ ގޮތުގައި މި ޑިސެމްބަރ މަހުގެ 8 ން 10 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ލ.އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ކަސްޓޯޑިއަލް އޮފިސަރުންނަކީ ދިމާވާ ކަންކަމުގައި ފުރަތަމަ އެހީ ދެވޭ ފަދަ ބަޔަކަށް ހެދުމާއި ލ.ގަމުގެ ހަދަމުންދާ ބޮޑުމަގު ހުޅުވުމުގެ ކުރިން ދިމާވެދާނެ އެކްސިޑެންޓުތަކުގައި ފުރަތަމަ އެހީ ދެވޭފަދަ ބަޔަކަށް ފުލުހުން ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. ލ. ގަން ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ފުރަތަމަ އެހީއަކީ ކޮބައިކަމާއި ފުރަތަމަ އެހީދިނުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ފުރަތަމަ އެހީ ދެވިދާނެ ތަފާތު ގޮތްތަކާއި ބެހޭގޮތުން ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ފުލުހުންނާއި ކަސްޓޯޑިއަލް އޮފިސަރުންނަށް މަޢުލޫމާތު ދީފައިވާ ކަމަށްވެސް ޕޮލިހުން ހާމަކުރައްވައެވެ.
މަޢުލޫމާތު މި ޕްރޮގްރާމްގައި މަޢުލޫމާތު ދީފައިވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓްގެ ވޮލެންޓިއަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް