މުސްލިމުން އެމެރިކާއަށް އައުން މަނާކުރުންވެގެންދާނީ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލަކަށް: ކެރީ

އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ޑޮނާލްޑް ޓްރަމްޕް، މުސްލިމުން އެރިކާއަށް ދިއުން މަނާކުރުމަށް ގޮވާލި ގޮވާލުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ރައްދު ދެއްވައި...

14 Dec 2015 | 02:36

އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ޑޮނާލްޑް ޓްރަމްޕް، މުސްލިމުން އެރިކާއަށް ދިއުން މަނާކުރުމަށް ގޮވާލި ގޮވާލުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ރައްދު ދެއްވައިފި އެވެ.

ޓްރަމަޕްގެ ގޮވާލުމަށް ރައްދުދެއްވަމުން ކެރީ ވިދާޅުވީ އެގޮތަށް އެކަން ކޮށްފިނަމަ އެކަން ވެގެންދާނީ ގައުމުގެ ސަލާމަތަށް ކުރިމަތިވާ ބޮޑު ނުރައްކަލެއް ކަމުގައި ކަމަށެވެ.

"ވަކި ބަޔަކު ވަކި ދީނަކަށް ނިސްބަތްވާތީ އެމެރިކާއަށް އައުން މަނާ ކުރާ ނަމަ އެކަމަކީ ގައުމުގެ އަސާސާ ހިލާފު ކަމެއް، ހަމަހަމަކަން ގައުމުގައި އޮތުމަކީ އެމެރިކާގެ އެއް އަސާސް" އޭބީސީއަށް ދީފައިވާ އިންޓަވިއުއެއްގައި ކެރީ ވިދާޅުވެފައި ވެ އެވެ.

ކެރީ ވިދާޅުވެފައިވަނީ ގައުމުގެ އާދައިގެ މީހަކު އެހެން ބުނި ނަމަ އެކަމަކީ މާ ބޮޑު ކަމަކަށް ނުވެދާނެ ކަމަށާއި އެހެން ނަމަވެސް ރިޔާސީ ރޭހުގައި ވާދަކުރާ ނުވަތަ ގައުމުގެ އިސް މަގާމެއްގައި ހުރި މީހަކު އެ ބީދައިން ވާހަކަ ދައްކަނަމަ އެކަމަކީ ގައުމުގެ ސަލާމަތަށް ނުރައްކާވާނެ ކަމެއްކަމާއިމެދު ޝައްކެއް ނެތް ކަމަށެވެ. އަދި އެކަމަކީ އެގައުމުގެ ފޮރިން ޕޮލިސީއަށް ބޮޑު ލޮޅުމެއް އަންނާނެ ކަމެއްކަމުގައިވެސް ކެރީ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް