އައިއެސް އަށް ތާއީދުކުރާ ބައިލައްކަ މީހުން ގައުމުގައި އެބަތިބި، އެއީ ނުރައްކަލެއް: މެލޭޝިއާ

އައިއެސް ޖަމާއަތަށް ތާއީދުކުރާ ބައި ލައްކައަށްވުރެ ގިނަ މީހުން މެލޭޝިއާގައި އެބަތިބި ކަމަށާއި އެއީ ގައުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ލިއޯ ޓިއޮން ލައި ވިދާޅުވ...

14 Dec 2015 | 02:20

އައިއެސް ޖަމާއަތަށް ތާއީދުކުރާ ބައި ލައްކައަށްވުރެ ގިނަ މީހުން މެލޭޝިއާގައި އެބަތިބި ކަމަށާއި އެއީ ގައުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ލިއޯ ޓިއޮން ލައި ވިދާޅުވެއްޖެ އެވެ.

ލައި މިހެން ވިދާޅުވެފައިވަނީ އެގައުމުގައި "ނޭޝަނަލް ސެކިއުރިޓީ އެންޑް ދަ ތުރެޓް އޮފް އައިއެސްއައިއެސް އިން ކުއަލަ ލަމްޕޫރު" ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ އެއީ ގައުމުގެ އާބާދީއަށް ބަލާއިރު މަދު މިންވަރެއް ނަމަވެސް އެމީހުން ހައްދުފަހަނައަޅާގޮސް ގައުމާ ދެކޮޅަށް ނިކުމެއްޖެނަމަ އެކަމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ވާނޭ ކަމަށެވެ.

އައިއެސްގެ ނުރައްކާ މެލޭޝިއާގައި ބޮޑުކަމަށް އޭނާ ވިދާޅުވެފައިވާއިރު ނިއުޔޯކަށް ނިސްބަތްވާ ސަލާމަތީ ކަންކަމާބެހޭ ގްރޫޕެއް ކަމަށްވާ "ދަ ސޫފާން ގްރޫޕް" ގެ ފަރާތުން މިމަހު އާންމުކުރި ރިޕޯޓަކަށް ބަލާއިރު މެލޭޝިއާއިން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން އައިއެސްއާއި ގުޅުމަށް އެގައުމު ދޫކޮށް ގޮސްފައި ވެ އެވެ. އަދި އައިއެސް އާއި ގުޅެން ދާން އުޅޭ ކަމުގެ ތުހުމަތުގައި 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް