އާލާ ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި - މިއީ ފާއިތުވި 30 ދުވަހުގެ ތެރޭގައި އޭނާ ހޯދަން އިއުލާނުކުރި ތިންވަނަ ފަހަރު

ކްރިމިނަލް ކޯޓުގެ އަމުރަކާ ގުޅިގެން ސ. ހިތަދޫ އާލާ އިބްރާހީމް ރަޝީދު ހޯދުމަށް 30 ދުވަހުގެ ތެރޭގައި ތިންވަނަ ފަހަރަށް ފުލުހުން އިއުލާނުކޮށްފިއެވެ.

14 Nov 2026 | 18:24
އާލާ ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި - މިއީ ފާއިތުވި 30 ދުވަހުގެ ތެރޭގައި އޭނާ ހޯދަން އިއުލާނުކުރި ތިންވަނަ ފަހަރު

ކްރިމިނަލް ކޯޓުގެ އަމުރަކާ ގުޅިގެން ސ. ހިތަދޫ ލޫޒަން، އާލާ އިބްރާހީމް ރަޝީދު (35އ) ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ކްރިމިނަލް ކޯޓަށް ހުށަހެޅިފައި އޮތް މައްސަލައަކަށް އާލާ ހާޒިރުކުރެވޭ ގޮތް ނުވުމުން، އެ ކޯޓުން ވަނީ އޭނާ ބަންދުގައި ބައިންދައިގެން 2026 ނޮވެމްބަރު 15 ވަނަ ދުވަހު ކޯޓަށް ގެނެސްދިނުމަށް ފުލުހުންނަށް އަމުރުކޮށްފައެވެ.

Advertisement

އާލާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ނިމިދިޔަ މަހުގެ 15 ވަނަ ދުވަހާއި 19 ވަނަ ދުވަހު ވެސް އާލާ ހޯދުމަށް ފުލުހުން އިއުލާނުކޮށްފައިވާއިރު، މިއީ ފާއިތުވި 30 ދުވަހުގެ ތެރޭގައި އޭނާ ހޯދަން އާންމުކޮށް އިއުލާނުކުރި ތިންވަނަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް