ޖަލްސާގައި ފަލާހް ވާހަކަފުޅު ދައްކަވަނީ -
އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރުގެ 200 ބިލިޔަން ޑޮލަރުގެ
ފަސް އަހަރުގެ ބަޖެޓުން ކުރީ ކީއްތޯ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ
މަޖިލިސް މެންބަރު އިބްރާހިމް ފަލާހް ސުވާލު އުފައްދަވައިފިއެވެ.
ފަލާހް މި ސުވާލު އުފެއްދެވީ މިހާރު ކުރިއަށްދާ ޕީއެންސީގެ
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ފަލާހް ވިދާޅުވީ
ކޮވިޑުގެ ވަބާގެ ދުވަސްވަރުގައިވެސް ކުރީގެ ސަރުކާރަކަށް ނުވަންނަވަރަށް ހިލޭ އެހީ
ރާއްޖެއަށް ލިބުނު ކަމަށެވެ. ނަމަވެސް މިލިޔަނަށް ހިންގޭ ވަރުގެ ޕްރޮޖެކްޓްތަކުގައި
ދެ ލައްކައެއްހާ ރުފިޔާ ޖަހައިގެން ހިންޏަށް ހަކުރު އޮޅުވާލާހެން ރައްޔިތުންނަށް އޮޅުވާލި
ކަމުގައި ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ ފަސް އަހަރުގެ 200 ބިލިއަން
ޑޮލަރުގެ ބަޖެޓުން ކުރި ކަމެއް ނެތްކަމަށާއި ރިޔާސީ އިންތިޚާބާ ދިމާކޮށް ތިން ހާހެއްހާ
ބިންގާ އަޅާލުން ފިޔަވައި އިތުރު ކަމެއް ކުރެވިފައި ނެތް ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ
ސަރުކާރުގައި ފާސްކުރި ބަޖެޓު އަދަދުތަކަށް ބަލައިލާއިރު 2019 ވަނަ އަހަރު 29.65
ބިލިއަން، 2020 ވަނަ އަހަރު 30.16 ބިލިއަން، 2021 ވަނަ އަހަރު 34.79 ބިލިއަން، 2022
ވަނަ އަހަރު 36.99 ބިލިއަން އަދި 2023 ވަނަ އަހަރު 42.84 ބިލިއަން އެކު ޖުމުލަ
ފަސް އަހަރަށް 174.43 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކުރިއެވެ. އެ ޢަދަދުތައް
ފާސްކުރީ ޑޮލަރަކުން ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް