ތުޅާދޫން ވެސް މިފަހަރު ދިވެހީންގެރާއްޖެ ޖަލްސާއަށް ބިޔަ ބޮޑު ޓީމެއް

މިއަދު ބ. ތުޅާދޫއަށް އިރު އެރީ ގިނަ އަދަދެއްގެ ޒުވާނުން ވަރަށް އަވަސް އަވުރާލާފާ ހޭލަމޭލައަށް އުޅެނިކޮށެވެ. ޚަބަރު ބަލާލިއިރު ޒުވާނުންނާއި އެތައްބަޔަކު ތައްޔާރުވަމުން އައީ މިރޭގެ ދިވެހީންގެރާއްޖެ ޖަލް...

14 Nov 2025 | 13:21
ތުޅާދޫއިން އައި ރައްޔިތުން މާލޭގައި -

ތުޅާދޫއިން އައި ރައްޔިތުން މާލޭގައި -

މިއަދު ބ. ތުޅާދޫއަށް އިރު އެރީ ގިނަ އަދަދެއްގެ ޒުވާނުން ވަރަށް އަވަސް އަވުރާލާފާ ހޭލަމޭލައަށް އުޅެނިކޮށެވެ. ޚަބަރު ބަލާލިއިރު ޒުވާނުންނާއި އެތައްބަޔަކު ތައްޔާރުވަމުން އައީ މިރޭގެ ދިވެހީންގެރާއްޖެ ޖަލްސާއަށް ދާން މެންދުރުފަހުން ފުރުމަށެވެ.

ތަފާތަކީ ކޮބާތޯއެވެ؟ ރައީސް މުއިއްޒުއަށް އޮތް ތާއީދެވެ. އެމަނިކުފާނުގެ މަސައްކަތް ގިނަ ބަޔަކު ބާލާގަތްކަމެވެ. ތުޅާދޫ އެމް ޕީ އަބްދުލް ހަންނާން އަދި ޓީމް ރިފޫގެ މިންނެތް މަސައްކަތެވެ. ތާރީޚީ ކަމަކަށް މިވަނީ އެމް.ޑީ.ޕީ މެޖޯރިޓީއެއް އަަބަދުވެސް އޮންނަ މިރަށުން މީގެ ކުރިން މިފަދަ ކަމަކަށް ނާންނަހާ ގިނަ އަދަދެއްގެ މީހުން މިޖަލްސާއަށް ދާން ތައްޔާރުވުމެވެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. މުޅި ތުޅާދޫ ދާއިރާގައިވެސް ރައީސް މުއިއްޒުއަށް އޮތް ތާއީދު މިފަހަރު ފެނިގެންދާނެއެވެ. މި އީ އެމަނިކުފާނުން ޒުވާނުން ބާރުވެރި ކުރުވުމަށް ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް އެ ޒުވާނުން ދެކެއެވެ.

ޒުވާނުން އެކަންޏެއް ނޫނެވެ. ވަރަށް ގިނަ އަދަދެއްގެ މީހުންނެވެ. މިއެންމެންގެ އުއްމީދު ގުޅިފައިވަނީ ރައީސް މުއިއްޒުގެ ޒަޢާމަތުގައި ތުޅާދޫގެ އެއަރޕޯޓާއި ހޮސްޕިޓަލް ހުޅުވިގެން ދިއުމެވެ.

މިއީ މިއަދުގެ ޖަލްސާއާއަށް މީހުން އަންނަ އެންމެ ރަށެއްގެ ވާހަކައެވެ.މުޅި ރާއްޖެއިން ވެސް ޕީ.އެންސީ. ސަރުކާރަށް ތާއީދު ކުރާ އެތައްބައެއް މިރޭގެ ޖަލްސާއަށް އަންނަނީ މާލެއަށް ޖަމާވަމުންނެވެ. މިއީ މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އެއްސިޔާސީ ޖަލްސާއަށް ވުމަކީ ރައީސުލްޖުމްހޫރިއްޔާ ހައްދަވާނެ އައު ރެކޯޑަކަށް ވާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް