ސައުދީ ސަފީރު ދިވެހި މީޑިއާތަކާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށްދާ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވައިފި

ދިވެހިރާއްޖެއަށް ސައުދީ އަރަބިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ އަލްޤަހްތާނީ ބައެއް މީޑިއާތަކުގެ ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ. ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައި ކުރިއަށްގެންދި...

14 Nov 2025 | 08:11
ސައުދީ ސަފީރު -

ސައުދީ ސަފީރު -

ދިވެހިރާއްޖެއަށް ސައުދީ އަރަބިއާއިން ކަނޑައަޅުއްވާފައި

ހުންނަވާ ސަފީރު ޔަހްޔާ އަލްޤަހްތާނީ ބައެއް މީޑިއާތަކުގެ ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައި ކުރިއަށްގެންދިޔަ

މި ބައްދަލުވުމަކީ ދިވެހިރާއްޖެއާ ސައުދީ އަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އޮންނަ

ގުޅުމުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގާތް

ބަދަހި ގުޅުމުގެ ތެރެއިން މިހާރު ކުރަމުން އަންނަ ބައެއް ކަންކަމާއި، ހާސިލްވި ކަންކަމާ

ބެހޭގޮތުން ވަނީ މީޑިއާގެ ފަރާތްތަކަށް މައުލޫމާތުދީފައެވެ.

އެގޮތުން ހައްޖާއި އުމްރާގެ ކަންކަމުގައި ސައުދީން އެކަށައަޅާފައިވާ

2030 ގެ ތަސައްވުރުގައި ހޯދިފައިވާ ކާމިޔާބީތަކާބެހޭ ގޮތުން ވަނީ ވާހަކަތައް ހިއްސާކޮށްފައެވެ.

މިގޮތުން މައްކާރޫޓް އިނީޝިއޭޓިވްގެ ދަށުން އެ ހިދުމަތް ތައާރަފްކުރެވި ހައްޖުވެރިންނަށް

އެކަމުގެ ލުއިފަސޭހަކަން ފަހިވެގެންދިޔަކަން ވަނީ ފާހަގަކޮށްފައެވެ. މައްކާ ރޫޓް މިދިޔަ

އަހަރު ތައާރަފްކުރުމާއެކު ދިވެހި ހައްޖާޖީން މީގެ ކުރިން ސައުދީއަށްގޮސް ކުރަންޖެހޭ

ގިނަ ކަންކަން މިފަހަރު ކޮށްފައިވަނީ ވީއައިއޭއިންނެވެ.

ސައުދޫީ ސަފީރު ވަނީ ހައްޖާއި އުމްރާގެ ކަންކަން ފަސޭހަކުރުމަށް

ކުރަމުންގެންދާ މަސައްކަތްތަކާއި އަދި ހައްޖާއި އުމްރާގެ ކަންކަމުގައި ދިވެހިންނަށް

މިހާރު ލިބެމުންދާ ހިދުމަތުގެ ވާހަކަތައްވެސް ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި

ފަލަސްތީނުގެ މިނިވަންކަމަށް ސައުދީން ގެންގުޅޭ ސިޔާސަތުތަކާއި އެނޫންވެސް ކަންކަމާ

ބެހޭގޮތުން ވަނީ މައުލޫމާތު ބަދަލުކޮށްފައެވެ.

ސައުދިއާ ރާއްޖެއާ ދެެމެދު ސިޔާސީގުޅުން ގާއިމްކުރެވުނީ

1981 ވަނަ އަހަރުގެ މާރޗްމަހުގެ 17 ވަނަ ދުވަހެވެ. އޭގެ ފަހުން މިއަދާހަމަޔަށް ސައުދީއަކީ

ރާއްޖޭގެ އިގްތިސާދީ އުމްރާނީ، އިޖުތިމާއީ އަދި ދީނީވަހުދަތު ދެމެހެއްޓުމުގައި އެންމެބޮޑު

އެހީތެރިކަމެއްދޭ ޤައުމެވެ. ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގެ ގިނަ ދާއިރާތަކަކަށް

ލޯނު ދެމުންދާއިރު، އެޤައުމުގެ އެހީގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫޢުއާއި

ހުޅުމާލެ ދޭއް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ.

މީގެ އިތުރުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ސަލްމާން

މިސްކިތަކީވެސް ސައުދީގެ ދީލަތި އެހީގެ ދަށުން ބިނާކުރެވިގެންދިޔަ ތަންތަނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް