ހަކުރުބަލީގެ ދުވަހު ރައީސްގެ މެސެޖު – ދުވަހުގެ ތާވަލު ރާވާލުމުގައި ޞިއްޙަތަށް ސަމާލުވާންޖެހޭ

ދުވަހުގެ ތާވަލު ރާވާލުމުގައި ޞިއްޙަތަށްވެސް ސަމާލުވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދުނިޔޭގެ ހަކުރުބަލީގެ ދުވަހު ފޮނުއްވި...

14 Nov 2025 | 07:48
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ހެލްތު އެކްސްޕޯގައި އޭޑީކޭގެ ސްޓޯލެއްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ހެލްތު އެކްސްޕޯގައި އޭޑީކޭގެ ސްޓޯލެއްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ދުވަހުގެ ތާވަލު ރާވާލުމުގައި ޞިއްޙަތަށްވެސް

ސަމާލުވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދުނިޔޭގެ ހަކުރުބަލީގެ

ދުވަހު ފޮނުއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ ގައިންގަޔަށް

ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ޞިއްޙީ އާދަތަކަށް ޅައިރުއްސުރެ

އަޅުގަނޑުމެން އަހުލުވެރިވުން މުހިންމު ކަމަށެވެ. ކެއުން ބުއިމާއި ހަރަކާތްތެރިވުމާއި

ދުވަހުގެ ތާވަލު ރާވާލުމުގައިވެސް ޞިއްޙަތަށް ސަމާލުވާންޖެހޭ ކަމަށެވެ. އަދި ހަމަ

އެހެންމެ ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ ތަރުބިއްޔަތު ލިބިގަންނަންޖެހޭ

ކަމަށެވެ.

"މިކަންކަމަށް މުޖްތަމަޢު ހޭލުންތެރި ކުރުމަށް

އަމިއްލަ ޖަމާޢަތްތަކާއި ފަރުދުންގެ ފެންވަރުގައިވެސް ކުރައްވާ މަސައްކަތްތަކަށް

ޝުކުރު ދަންނަވަން" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ދިވެހީންނަކީ

ބަލިތަކާ ދުރު ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބެ، ޤައުމު ބިނާކޮށް ބާއްޖަވެރި

ދިރިއުޅުމެއް ހޯދުމުގެ ޢަޒުމު މިފަދަ ކޮންމެ ދުވަހަކު އަޅުގަނޑުމެން އާކުރަންވާނެ

ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް