ލޯބިވެރިޔާ ބްލެކްމެއިލްކުރި ފުލުހަކު ހައްޔަރުކޮށް ބަންދަށް 3 ދުވަސް

ލޯބިވެރިޔާގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ލީކުކޮށްލާނެކަމަށްބުނެ ލޯބިވެރިޔާއަށް އިންޒާރުދީ ބްލެކްމެއިލްކުރިކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ. ކޯޓު އަމުރެއްގެ ދަށުން ...

14 Nov 2024 | 08:32

ލޯބިވެރިޔާގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ލީކުކޮށްލާނެކަމަށްބުނެ ލޯބިވެރިޔާއަށް އިންޒާރުދީ ބްލެކްމެއިލްކުރިކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އއ. މަތިވެރި، ފަޒާ، އުމުރުން 19 އަހަރުގެ ޒައިދާން މުހައްމަދެވެ. އެއީ ރެކްރޫޓް ފުލުހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

"އޭނާގެ ލޯބިވެރިޔާއަށް ބިރުދައްކައި، އޭނާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ލީކުކޮށްލާނެކަމަށްބުނެ ބިރުދައްކައި، އިންޒާރުދީ ބްލެކްމެއލްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން ނޮވެމްބަރު 13 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައި" ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މަތިވެރި މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރުކުރުމުން ތިން ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް