އެމްޑީޕީން ބޭއްވި ޖަލްސާގެ ދެބައިކުޅަ އެއްބައި މީހުންނަކީ ބޭރު މީހުން: އެމްޕީ ފަލާހް

އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން ބޭއްވި ޖަލްސާގައި ދެބައިކުޅަ އެއްބައި މީހުންނަކީ ބޭރު މީހުންކަމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅ...

14 Nov 2024 | 05:05

އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން ބޭއްވި ޖަލްސާގައި ދެބައިކުޅަ އެއްބައި މީހުންނަކީ ބޭރު މީހުންކަމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓު ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އާޓިފިޝަލް ބީޗުގަ ބާއްވައިފި ޖަލްސާއެއް، ތެދެއް އެއީ، ގޮނޑިހުރި އެތާނގަ، ބައްލަވާލައްވާ، އެތާނގަ 300އެއްހާ މީހުންގެ ތެރޭގައި ދެބައިކުޅަ އެއްބައި މީހުންނަކީ ބޭރު މީހުންނޭ އިއްޒަތްތެރި ރައީސް" ފަލާހް ވިދާޅުވިއެވެ.

ފަލާހް އެހެން ވިދާޅުވުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހްމަދު ނަސީމް ނިޒާމީ މައްސަލައެއް ނެންގެވިއެވެ. އަދި އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކަމަށާއި ފަލާހް އެ ހައްދަވަނީ އިތުރުފުޅުކަން މީކާއީލް ފާހަގަކުރެއްވިއެވެ. ނަމަވެސް އެއީ ނިޒާމީ ނުކުތާއެއްކަމުގައި މަޖިލިސް ރައީސް އަބްދުއްރަހީމް ބަލައިގެންފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް