ކޮވިޑާއި ގުޅިގެން ހިލޭއެހީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބުނު - އޭގެތެރެއިން 4 ބިލިއަން ރުފިޔާއަށް ވީނުވީއެއް ނޭންގުނު: ސައީދު

މިދިޔަ ސަރުކާރުގައި ކޯވިޑް-19އާ ގުޅިގެން ބޭރުގެ އެކި ބޭންކުތަކުންނާއި ޤައުމުތަކާއި ޖަމާއަތްތަކުން ހިލޭ އެހީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބިފައިވާކަމަށާއި ނަމަވެސްއޭގެތެރެއިންހަތަރުބިލއަންރުފިޔާއަށ...

14 Nov 2024 | 03:04

މިދިޔަ ސަރުކާރުގައި ކޯވިޑް-19އާ ގުޅިގެން ބޭރުގެ އެކި ބޭންކުތަކުންނާއި ޤައުމުތަކާއި ޖަމާއަތްތަކުން ހިލޭ އެހީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބިފައިވާކަމަށާއި ނަމަވެސްއޭގެތެރެއިންހަތަރުބިލއަންރުފިޔާއަށްއަދިވެސްވީނުވީގޮތެއްނޭންގޭކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިފަދައިން ވިދާޅުވީ "ހަފްތާ52"ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ އެކުވެރި ދައުލަތްތަކުންނާއި ބޭރުގެ އެހީދޭ އެކި ފަރާތްތަކުން ކޯވިޑާ ގުޅިގެން ރާއްޖޭގެ ހާލަތު މެނޭޖު ކުރުމަށް ހިލޭ އެހީގެ ގޮތުގައި 565 މިލިޔަން ޑޮލަރު ނުވަތަ 8.7 ބިލިޔަން ރުފިޔާގެ ހިލޭ އެހީ ދިން ކަމަށެވެ.

އެހެންނަމަވެސް އޭގެތެރެއިން މިދިޔަ ސަރުކާރުގެ އެކްސްޕެންޑިޗަރ ރިޕޯޓްތަކުން ދައްކާގޮތުގައި 4.2 ބިލިޔަން ރުފިޔާ ކޯވިޑާއި ގުޅިގެން ހޭދަކޮށްފައިވާކަމަށް ދައްކާ ކަމަށާއި ނަމަވެސް އަނެއް 4 ބިލިޔަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސުވާލަކީ ކޮބާހޭ ކޯވިޑަށް ލިބުނު އަނެއް 4 ބިލިޔަން ރުފިޔާ. އެ ފައިސާއަށް ވީ ގޮތާއި ކޮންބައެއްގެ އެކައުންޓްތަކަކަށްތޯ، އެ ފައިސާ ދިޔައީ ނުބެލޭކަމަށްވަންޏާ ރައްޔިތުންގެ އިތުބާރު އެބަޔަކާ ދޭތެރޭގައި ގެއްލިގެންދާތަން މާޒީގައި ފެނިފައި އޮތީ. ދައުލަތުން ވައްކަން ކޮށްފިކަމަށްވާނަމަ އެކަން ބެލޭނެ ޖާގަ މިއަދު އެބައޮތް" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ކޯވިޑާ ބެހޭ އޮޑިޓެއް ސަރުކާރުން ހަދަމުންދާ ކަމަށާއި އެ އޮޑިޓް ނިމުމުން ވީ ޚިޔާނާތުގެ ތަފްޞީލު އެނގިގެންދާނެކަމަށެވެ.

ވަޒީރު ސަޢީދު ވަނީ ރާއްޖޭގެ އިޤްތިސާދީ ހާލަތާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އަދި ނުރައްކާތެރި އިޤްތިސާދީ ހާލަތަކުން އަރައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅުތަކަށް ވަޒީރު ވަނީ ތައުރީފު ކުރައްވާފައެވެ.

އަންނަ އަހަރު ރާއްޖޭގައި ވަރަށް ހަރަކާތްތެރި އިޤްތިޞާދެއް އޮންނާނެކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް