ބަންކަރިން ޚިދުމަތުން މިހާތަނަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފަ: މިނިސްޓަރު ސައީދު

ބަންކަރިން ޚިދުމަތުން މިހާތަނަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި ވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ. ސައީދު މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރަށް އެއް...

13 Nov 2024 | 19:04

ބަންކަރިން ޚިދުމަތުން މިހާތަނަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި ވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރަށް އެއް އަހަރު ފުރުމުގެ ގޮތުން ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ހަފުތާ 52ގެ ނަމުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހެއްދެވި މެދުރާސްތާގެ އިސްތިރާޖީ ތިން އަހަރުގެ ޕްލޭން ފިޔަވައި އެއްވެސް މެދު ރާސްތާގެ ރިޕޯޓެއްގައި ފަތުރުވެރިކަން ފިޔަވައި އެހެން ސިނާއަތަކުން އާމްދަނީ ލިބޭނެ ގޮތެއް ހިމަނާފައި ނުވާނެ ކަމަށެވެ.

ނަމަވެސް މި ސަރުކާރުން އިގުތިސާދު ސިންދަފާތު ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފަށައިފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭގެ މަޝްރޫއުގެ ދަށުން ބަނދަރު ހަދާނެ ފަރާތެއް މިހާރު ލިބިފައިވާ ކަމަށާއި އިންޓަނޭޝަނަލް ފައިނޭންސިން ސެންޓަރު ވެސް މިހާރު ގާއިމްކޮށްފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް މިވަގުތު ލިބޭ އާމްދަނީއަށް ބަލާއިރު ސަރުކާރަށް ވަންނަނީ 65 މިލިއަން ރުފިޔާ ކަމަށެވެ. އަދި ރިކަރަންޓު ޚަރަދުގެ ގޮތުގައި 96 މިލިއަން ރުފިޔާ ހިނގާއިރު ދުވާލަކަށް 40 މިލިއަން ރުފިޔާ ދަރަނިވެރިވާކަމަށް ސައީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް