މާލޭގައި މިއަދު ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ވެއްޓިފައިވަނީ މާފަންނު ގެއެއްގެ ބެލްކަންޏެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ ފިރިހެނަކަށެވެ.
މި ހާދިސާއާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އެފަދަ ހާދިސާއެއްގައި މީހަކަށް އަނިޔާވެ ސައިކަލުތަކަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ.
އަނިޔާ ލިބުނު މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް