ޕެޓީކޭޝް މައްސަލައިގާ ފުލުހުން އާރްޑީސީއަށް

ކޯޓު އަމުރެއްގެ ދަށުން ފުލުހުން އާރްޑީސީއަށް ވަދެއްޖެއެވެ. ދުވަހަށް އެނގިފައިވާގޮތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް ފުލުހުން ވަނީ މީގެ ކުރިން ތަހުގީގު ކުރަމުންދިޔަ 13 މިލިޔަން ރުފިޔ...

14 Nov 2023 | 08:37

ކޯޓު އަމުރެއްގެ ދަށުން ފުލުހުން އާރްޑީސީއަށް ވަދެއްޖެއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް ފުލުހުން ވަނީ މީގެ ކުރިން ތަހުގީގު ކުރަމުންދިޔަ 13 މިލިޔަން ރުފިޔާގެ ޕެޓީކޭޝް މައްސަލައިގައެވެ.

ފުލުހުން އާރްޑީސީ ބަލާ ފާސްކުރަމުން އަންނަކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް އާރްޑީސީއަށް ވަނީ ކޮން މައްސަލައެއްގައިކަން ރަސްމީ ސިފައެއްގައި އަދި ހާމަކޮށްފައެއް ނުވެއެވެ.

13 މިލިޔަން ރުފިޔާގެ ޕެޓީކޭޝް މައްސަލައަކީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ފުލުހުންނަށް ހުށަހެޅި މައްސަލައެކެވެ.

ފުލުހުންގެ އެ އޮޕަރޭޝަނާއި ގުޅޭގޮތުން އާރްޑީސީން ރަސްމީކޮށް ބުނެފައިވަނީ ފުލުހުންގެ މުއައްސަސާ އިން ތަޙުޤީޤު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 11:00 ހާއިރުން ފެށިގެން އާރުޑީސީގެ  އޮފީސްތަކުގައި ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުންކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް