ސަޕްލިމެންޓްރީ ބަޖެޓް އަނބުރާ ފޮނުވާލުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓު އަނބުރާ ފޮނުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަ...

14 Nov 2023 | 05:19

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓު އަނބުރާ ފޮނުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ މިއަދު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގެ ކަންކަން ކުރިއަށްގެންދާނެ ގޮތާއިމެދު ބަހުސް ކުރިއަށްދާއިރު ނެންގެވި ނިޒާމީ މައްސަލައެއްގެ ތެރެއިންނެވެ.

ފިނޭންސް މިނިސްޓަރު މިއަދު ހުށަހެޅުއްވީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރައީސް ނަޝީދު ވިދާޅުވީ ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓަކީ ޕްރޮގްރާމް ބަޖެޓެއް ނޫން ކަމަށެވެ.

"ޕްރޮގްރާމް ބަޖެޓަކީ ވަކިވަކި ޕްރޮގްރާމްތަކަށް ހަރަދުކުރަންޖެހޭ މިންވަރު ބަޔާންކުރާ ފްރޭމްވޯކެއް، އިތުރަށް ދޭން ޖެހޭ ތަންތަނަކީ ކޮބައިތޯއޭ، ކޮން މިނިސްޓްރީއެއްގެ ކޮން ގަލަމެއް ގަތުމަށްތޯއޭ މި ބޭނުންވަނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ މިހާރު ވަނީ ހަރަދުކޮށް ނިންމާފައި ކަމުގައިވެސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ހަރަދުކޮށް ނިންމާފައިއެވަނީ މަޖިލީހުން ހުއްދަ ނުދެނީސްކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު އިތުރަށް ތުހުމަތު ކުރެއްވީ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމަށް ކެތް މަދުވެގެން މިނިސްޓަރު އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ސަރުކާރުން އޮފާކުރާ ބައެއް ކޮންޓްރެކްޓްތަކަށް ފައިސާ ދީ ބަހާލުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ މަގަކީ ރައީސް ސޯލިހް މެންބަރުން ކޮންޓްރޯލް ކުރައްވާ ގޮތްކަމުގައިވެސް ރައީސް ނަޝީދު ތުހުމަތުކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް