އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރަށް ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މި ދެ ބަޖެޓުވެސް އަމީރު ހުށަހެޅުއްވީ ޑިމޮކްރެޓުންގެ ހަޅޭކުގެ އަޑާއި ނިޒާމު ހަލަބޮލިވެފައިވާ މަޖިލީހުގެ މާހައުލެއްގައެވެ. މިނިސްޓަރު ބަހުސް ހުށަހަޅުއްވަމުންދިޔައިރު މިނިސްޓަރުގެ ކައިރިއަށް ޑިމޮކްރެޓުން ގޮސް އަޑުގަދަކޮށް ހުރަސް އަޅަން މަސައްކަތްކޮށްފައިވެއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިމިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓަކީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު މި ފަހަރު ހުށަހަޅަނީ ސަރުކާރު ބަދަލުވުމުގެ ކަންކަން ހިނގަމުންދާ ދަނޑިވަޅެއްގައި ކަމަށާއި އެހެންކަމުން ބަޖެޓު ތައްޔާރުކޮށްފައިވާނީ އިންތިޚާބީ ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ހިމަނައިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް