ހދ. ކުޅުދުއްފުށިން މި މަހުގެ ދެވަނަ ދުވަހުންފެށިގެން ގެއްލިގެން ހޯދަމުން އަންނަ އަބްދުﷲ އިބްރާހިމް އެއް ދުވަހަކު އާންމުންގެ މީހަކަށް ވިލިމާލެއިން އޭނާ ފެނުނު ކަމަށް މީހަކު ބުނެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ހދ. ކުޅުދުއްފުށި / ލަންދޫގެ، އަބްދުﷲ އިބްރާހިމް (39އ) އެވެ. އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ނޮވެމްބަރު 3 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
"ނޮވެމްބަރު 3 ވަނަ ދުވަހުގެ ފަހުން އެއްދުވަހު އޭނާ މާލެ، ވިލިމާލެ ފެރީޓާމިނަލް ކައިރިން އާންމުންގެ މީހަކަށް ފެނުނުކަމަށް އާއިލާ މީހެއްގާތު ބުނެފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވޭ." ފުލުހުން މިއަދު ބުނެފައިވެއެވެ.
އަބްދުﷲ އިބްރާހީމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް