ނަޝީދުގެ ފުރަތަމަ ނިޒާމީ މައްސަލަ: މާލީ ވަޒީރު ޝަރީއަތަށް ފޮނުވުމަކީ މިވަގުތު އެންމެ މުހިންމު ކަންތައް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އިއްޔެ އިސްތިއުފާ ދެއްވާ މަޖިލީހުގެ އާއްމު މެންބަރު ކަމަށް އިއްޔެ ރުޖޫއަވެވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދު ނިޒާމީ ވަރުގަދަ ނުކުތާއެއް ނަންގަވައިފިއެވެ. ރައް...

14 Nov 2023 | 04:21

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އިއްޔެ އިސްތިއުފާ ދެއްވާ މަޖިލީހުގެ އާއްމު މެންބަރު ކަމަށް އިއްޔެ ރުޖޫއަވެވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދު ނިޒާމީ ވަރުގަދަ ނުކުތާއެއް ނަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް، މުހައްމަދު އަސްލަމާއެކު ކުރިއަށްދާ ޖަލްސާގައި އެޖެންޑާ ނަމްބަރު ފަހެއްގައި ސަޕްލިމެންޓަރީ ބަޖެޓްގެ ވާހަކަ އައުމާއެކު އަދި އެ ބަޖެޓް ހުށަހެޅުމަށް ފިނޭންސް މިނިސްޓަރަށް ފުރުސަތު ދޭން އުޅުމާއެކު ޑިމޮކްރެޓްސްގެ މެންބަރުން ނިޒާމާ ބެހޭ މައްސަލަތައް ނަގަން ފެށިއެވެ

އެގޮތުން އަލީ އާޒިމާއި އިމްތިޔާޒާއި އީވާއަށްފަހު ނިޒާމީ މައްސަލަ ނަންގަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލީ ވަޒީރު މިވަގުތު އެ އިންނެވީ ކުށުގެ ތުހުމަތުގައި ކަމަށެވެ. ބަޖެޓު ހުށަހެޅުމަށް މާލިއްޔަތު ގާނޫނު ބަޔާންކުރާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ބޭނުމަށް ކަންކަން އަނބުރާ ދައުލަތުގެ ނިޒާމު ނަގާލެވިގެން ނުވާނެ ކަމަށެވެ.

"މާލީ ވަޒީރުޝަރީއަތަށް ފޮނުވުން އެއީ މިވަގުތު ކުރާން އޮތް އެންމެ މުހިންމު ކަންތައް" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއީ އެންމެ ބޮޑު ނިޒާމީ ނުކުތާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މާލީ ވަޒީރަކަށް މަޖިލީހަކަށް ގޮން ނުޖެހޭނެ ކަމަށެވެ.

ޑިމޮކްރެޓުން ފާހަގަކުރަނީ ނޮވެމްބަރު އެކެއްގައި ދައުލަތުގެ ބަޖެޓް ހުށަހަޅަންޖެހޭއިރު އެކަން ނުކޮށް އަދި ހަމަ އެހެންމެ ސުޕްރީމް ކޯޓުގެ ހުކުމުގައިވެސް ފިނޭންސް މިނިސްޓަރު އަމަލުކޮށްފައިވަނީ ގޯސްކޮށްކަން ފާހަގަކޮށްފައިވާތީ މުޅި މަޖިލީހުގެ އިމްތިޔާޒަށްވެސް ފިނޭންސް މިނިސްޓަރު އަރާވަޑައިގެންފައިވާކަމަށް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް