އިމްރާން ޚާން މުޒާހަރާކޮށްގެން ޕާކިސްތާން ހަލާކުކޮށްލި ކަމަށް ޝެހްބާޒް ޝަރީފް ތުހުމަތު ކުރައްވައިފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އިމްރާން ޚާން ގައުމު ހަލާކުކޮށްލީ މުޒާހަރާތަކުން ކަމަށް ތުހުމަތު ކުރައްވައިފިއެވެ. ޕާކިސްތާން މުސްލިމް ލީގު-އެން (ނަވާޒް)ގެ ލީޑަރު ނަވާޒް ޝަރީފާއެކު ތިން ވ...

14 Nov 2022 | 17:48

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އިމްރާން ޚާން ގައުމު ހަލާކުކޮށްލީ މުޒާހަރާތަކުން ކަމަށް ތުހުމަތު ކުރައްވައިފިއެވެ.

ޕާކިސްތާން މުސްލިމް ލީގު-އެން (ނަވާޒް)ގެ ލީޑަރު ނަވާޒް ޝަރީފާއެކު ތިން ވަނަ ބުރުގެ މަޝްވަރާތަކެއް ބޭއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝެހްބާޒް ވިދާޅުވީ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ ވެރިޔާ އިމްރާން ޚާން ބޭނުންވަނީ ޕާކިސްތާން ހަލާކުކޮށްލަން ކަމަށާއި ނަމަވެސް އެކަން ނުވާނެ ކަމަށެވެ.

ނަވާޒް ވަނީ ޕާކިސްތާނުގެ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދެވުމަށާއި އެއްވެސް ކަހަލަ ޕްރެޝަރަކަށް ބޯނުލަނބަން މަސައްކަތް ކުރެއްވުމަށް ބޮޑުވަޒީރު ޝަހްބާޒްގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ޖިއޯ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މުޒާހަރާގައި ޕީޓީއައިގެ ގާތްގަނޑަކަށް 150 އެއްހާ މަސައްކަތްތެރިން ބައިވެރިވަމުން ދިޔަ އިރު، ވެހިކަލްތަކުގެ ދިގު ކިޔޫތަކެއް ވަނީ އުފެދިފަ އެވެ.

ދާދި ފަހުން ސިޔާސީ ޕާޓީއެއްގެ ދިގު ހިނގާލުމުގައި ހިނގި ހިތާމަވެރި މަރުތަކާ ގުޅިގެން ހިތާމަ ފާޅުކުރައްވާ ބޮޑުވަޒީރު ވަނީ މަރުވި މީހުންގެ ގާނޫނީ ވާރިސުންނަށް ފަސް މިލިއަން ރުޕީސްގެ މާލީ އެހީތެރިކަން ދޭން ނިންމަވައިފަ އެވެ،" ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް