ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައެއް ނުގަތެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަދު ތޯލިބެވެ. އޭނާ އެ މައްސަލަ ހުށަހެޅުއްވީ މަޖިލީސް މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އެހެން ގައުމެއް ތަމސީލް ކުރައްވަން ބޭރު ގައުމަކަށް ކުރެއްވި ދަތުރުފުޅާއި އެކު އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މިއަދެވެ. އެ ނިންމުން އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އަދިވެސް އޮންނާނެ އެވެ.
މި މައްސަލައިގަ ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ސަރުކާރު އަޑީގައި އޮވެގެން ކަމަށެވެ.
އެއީ މަޖިލީހުގެ ތެރެއިން އެކަން ނުވުމުން ކަމަށެވެ. މަޖިލީހުގެ ތެރެއިން އެކަން ކާމިޔާބު ނުވީ މައްސަލަ ހުށަހެޅޭ ވަރަށް މެމްބަރުންގެ ސޮއި ނުލިބިގެން ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް