ހައްޔަރު ކުރި މީހުން އުޅުނީ އައިއެސްއާ ގުޅިގެން ގިނަ ބަޔަކު މަރުވާގޮތަށް ހަމަލާއެއް ދޭން: ފުލުހުން

ޓެރަރިޒަމާއި ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުން ރާވަމުން ދިޔައީ ގިނަ ބަޔަކު މަރުވާ ގޮތަށް އެއްޗެއް ގޮއްވާލަން ކަމަށް ފުލުހުން ބުނެފި އެވެ. މި އޮޕަރޭޝަން ހިންގީ މާލެ، އައްޑޫ ސިޓީ އަދި ...

14 Nov 2022 | 12:13

ޓެރަރިޒަމާއި ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުން ރާވަމުން ދިޔައީ ގިނަ ބަޔަކު މަރުވާ ގޮތަށް އެއްޗެއް ގޮއްވާލަން ކަމަށް ފުލުހުން ބުނެފި އެވެ.

މި އޮޕަރޭޝަން ހިންގީ މާލެ، އައްޑޫ ސިޓީ އަދި ކ. ގުރައިދޫގައި އެވެ. މިހާތަނަށް އެ މައްސަލައިގަ14 މީހުން ހައްޔަރުކޮށްފައިވެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓެރަރިޒަމް އެންޑް އެކްސްޓްރީމިޒަން ޔުނިޓުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ ހައްޔަރު ކުރި އެންމެންނަކީ އައްޑޫ ސިޓީގެ އެކި ރަށްތަކަށް ނިސްބަތްވާ މީހުން ކަމަށެވެ. އޭގެ ތެރެއިން އެ ސިޓީން10 މީހުން ހައްޔަރުކުރި އިރު މާލެ އިން ދެމީހުން އަދި ގުރައިދޫން ހައްޔަރު ކުރީ ދެ މީހުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މައްސަލައިގަ ހައްޔަރު ކުރި މީހުންގެ ގޭގެ ބަލާ ފާސްކުރިއިރު ގޮވާ ތަކެއްޗާއި އެތަކެތި ތައްޔާރު ކުރާ ސާމާނުވެސް ހޯދުނު ކަމަށެވެ. އެތަކެތި މިހާރު ފުލުހުން ދަނީ ތަހުލީލު ކުރަމުންނެވެ.

އުސްވަތު ވިދާޅުވީ އެމީހުން ދޭން ރޭވި ހަމަލާ ކާމިޔާބުވި ނަމަ ގިނަ އަދަދެއްގެ ބަޔަކު މަރުވާނެ ކަމަށެވެ. އެކަމަކު މި ހަމަލާ ދޭން އުޅުނު ތަނެއް އަދި ގޮއްވާލަން އުޅުނީ ކިހާ ބާރުގަދަ އެއްވެއް ކަމެއް ވިދާޅެއް ނުވި އެވެ.

މި މައްސަލައިގަ ހައްޔަރު ކުރި ނުވަ މީހަކު މީގެ ކުރިން ވެސް ޓެރަރިޒަމްގެ ކުށުގައި ހައްޔަރުކޮށްފައިވާ މީހުންނެވެ. އެމީހުން ދޫކޮށްލަން ޖެހުނީ މައްސަލަ ސާބިތު ކުރެވޭވަރަށް ހެކި ނެތިގެން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް