މ. ނިރުފެހި ގޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ރޯވީ އެގޭ ތިރީގައި ހިންގަމުން ދިޔަ ގަރާޖެއްގައި ކަމަށާއި އެ ގަރާޖަކީ ހުޅުމާލޭގައި ހިންގަން ހުއްދަ ދީފައިވާ ގަރާޖެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވައިފިއެވެ.
އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން އިންސްޕެކްޓަ އޮފް ޕޮލިސް މުހަންމަދު ސާމީ ވިދާޅުވީ ގަރާޖު ހިންގަމުން ދިޔައީ ގަވާއިދާ ޚިލާފަށް ކަމަށާއި އެހެންކަމުން އެކަން ވެސް ވަކިން ތަހުގީގު ކުރައްވަމުންދާ ކަމަށެވެ.
ދިހަ ބިދޭސީން މަރުވެފައިވާ މި ހިތާމަވެރި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ހަރަކާތްތެރިވި ކަމަށާއި އަލިފާން ރޯވިތަން ހަދާފައި ހުރީ ފިލައިން ކަމަށް ސާމީ ވިދާޅުވިއެވެ.
އޭގެ ތެރެއިން އެއް ފަންގިފިލާގައި ހަތަރު ކޮޓަރި، އަދި އަނެއް ފަންގިފިލާގައި އަށް ކޮޓަރި ހަދާފައިވާ ކަމަށާއި އެ ތަންތަން ވެސް ވަކިކޮށްފައި ހުރީ ފިލައިން ކަމަށް ވެސް ސާމީ ވިދާޅުވިއެވެ. އަދި އެތަނުގައި ހުންނާނީ ވިއްސަކަށް ފޫޓު، ތިރީސް ފޫޓު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ސާމީ އިތުރަށް ވިދާޅުވީ އެގެއަށް ބޭރުން ވެސް މީހުން ގޮސް އުޅުނު ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް