ނިރުފެހި އަލިފާނުގެ ހާދިސާ: ފިހުނު މީހާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި

މި މަހުގެ 10ވަނަ ދުވަހު ދަންވަރު މ. ނިރުފެހި ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔަ ބިދޭސީ ފިރިހެން މީހާއަށް މިހާ...

14 Nov 2022 | 11:31

މި މަހުގެ 10ވަނަ ދުވަހު ދަންވަރު މ. ނިރުފެހި ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔަ ބިދޭސީ ފިރިހެން މީހާއަށް މިހާރު ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފިއެވެ.

މީޑިއާއަށް މައުލުމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފިހިގެން ފަރުވާ ދެމުންދާ މީހާގެ ހާލު ރަނގަޅު ނޫން ކަމަށާއި އޭނާއަށް ފަރުވާ ދެނީ އައިޖީއެމްއެޗްގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ.

"އޭނާގެ ހާލަތައް އެއްވެސް އިމްޕްރޫވްމަންޓެއް ނާދޭ" މީޑިއާ އޮފިޝަލު ވިދާލުވެފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރު 12:27 ހާއިރު ހިނގި މި ނރައްކާތެރި އަލިފާނުގައި، ފުރަތަމަ ރޯވެފައިވަނީ ނިރުފެހި ގޭގެ ތިރީގައި ހުންނަ ގަރާޖެއްގައެވެ. މި ބިރުވެރި ހާދިސާގައި 10 ބިދޭސީއަކު ވަނީ މަރުވެސް ވެފައެވެ. އެއީ އިންޑިއާއާއި ބަންގްލަދޭޝަށް ނިސްބަތްވާ ރައްޔިތުންތަކެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް