ޓެކްސް ބޮޑު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް، ވޯޓަށް ނާހައި މިއަދުގެ ޖަލްސާ ނިންމާލުމުން ރައްޔިތުންގެ މަޖިލީސް ހޫނު ވެއްޖެ އެވެ.
މިއަދު ވޯޓަށް އެހުމަށް ހަމަޖެހިފައި އޮތީ ޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށެވެ. ސަރުކާރުން ހުށަހެޅި ގޮތަށް ޖީއެސްޓީ ނުވަ ޕަސެންޓަށް ބޮޑު ކުރަން މުޅި މަޖިލީސް ހިމެނޭ ކޮމިޓީން އޮތީ ފާސްކޮށްފައި އެވެ.
އެވަގުތު ރިޔާސަތު ބެލަހައްޓަވަން އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އޭނާ ޖަލްސާ ނިންމާލެއްވީ އެ ބިލަށް ވޯޓަާށް އަހަށް ބޭނުންވާ ވަރަށް ކޯރަމް ނެތް ކަމަށް ވިދާޅުވެ އެވެ.
އަފީފު މިފަދައިން ނިންމެވުމުން ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ވަނީ މިކަމާ މަޖިލިސް ތެރޭގައި ނުރުހުން ފާޅުކޮށް އަޑުގަދަ ކޮށްފައެވެ. ނަމަވެސް އެ މެންބަރުންގެ ކަންބޮޑުވުންތަކަށް ފުރުސަތު ނުދެއްވާ އަފީފު ވަނީ ޖަލްސާ ނިންމަވާލައިފައެވެ.
ކޯރަމް ހަމަނުވާކަމަށް ވިދާޅުވެ އަފީފު މިއަދު ޖަލްސާ ނިންމާލި ކަމުގައިވިޔަސް، މިއަދުގެ ޖަލްސާއަށް ހާޒިތުވެ ތިބީ ކިތައް މެންބަރުން ކަމެއް އަފީފު ވިދާޅެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް