ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ލަންޑަން ދަތުރެއް ލިބުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑުން ވިޔަފާރިކޮށްގެން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަން ދަތުރެއް ލިބޭ ޕްރޮމޯޝަންއެއް ފަށައިފި އެވެ. މި ޕްރޮމޯޝަން ކުރިޔަށް...

14 Nov 2022 | 08:27

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑުން ވިޔަފާރިކޮށްގެން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަން ދަތުރެއް ލިބޭ ޕްރޮމޯޝަންއެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ އިއްޔެއިން ފެށިގެން އަންނަ މަހުގެ13 ވަނަ ދުވަހުގެ ނިޔަަލަށެވެ.

ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރި ކުރުމުން ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަންގައި ބައިވެރި ކުރެވޭނީ ރާއްޖޭގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކެވެ.

ޕްރޮމޯޝަން ކުރިޔަށް ދާއިރު ކޮންމެ ހަފްތާއަކު ދެ ނަސީބުވެރިއަކު ހޮވާނެ އެވެ. އަދި އެމީހުންނަށް5،000 ރުފިޔާ ލިބޭނެ އެވެ.

ލަންޑަން ދަތުރު ލިބެނީ ބޮޑު އިނާމުގެ ގޮތުގައި އެވެ. ގުރުއަތުން ހޮވޭ ފަރާތަށް އިތުރު މީހަކު ގެންދިއުމުގެ ފުރުސަތު ލިބޭއިރު ދެކޮޅު ދަތުރު ޓިކެޓާއި، ދަތުރުގެ ހަރަދުގެ ގޮތުގައި1،000 ޑޮލަރު ދޭނެ އެވެ.

ބީއެމްއެލްއިން ބުނީ ޕްރޮމޯޝަން އާއި ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް